ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފި

މީރާ -- ސަންފޮޓޯ/ އަލީ ނަސީރު

މާލެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ފަހު ތިން މަހުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.

އެ އޮތޯރިޓީން އާންމު ކުރި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 13 ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 69 ފަރާތަކާއެކު ޖުމުލަ 82 ފަރާތެއްގެ ނަން ހިމެނެއެވެ.

މީރާއިން ބުނީ ޖީއެސްޓީ ނުދައްކައިގެން އެފަރާތްތަކުގެ މައުލޫމާތު އާންމު ކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދެއްކުމުން ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދީ ހަދާފައިވާނެ ކަމަށެވެ.

އަދި އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައިވާނެ ކަމަށް މީރާއިން ބުންޏެވެ.

comment ކޮމެންޓް