މުހިންމު ތިން ޕޮއިންޓް ހޯދުމަށް މާޒިޔާ އިންޑިއާއަށް

މާޒިޔާ ޓީމުގެ ބައެއް ކުޅުންތެރިން ފްލައިޓް ތެރޭގައި--ފޮޓޯ/ މާޒިޔާ

އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިޔާގެ ބެންގަލޫރު އެފްސީއާ ވާދަކުރުމަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިންޑިޔާއަށް ހިނގައްޖެއެވެ.

މިއަދު ހެނދުނު ޓީމް އިންޑިއާއަށް ފުރި މާޒިޔާ ޓީމުގެ އޮފިޝަލަކު ސަން ސްޕޯޓްސްއަށް ވިދާޅުވީ، މިވަގުތު ޓީމު ތިބީ ބެންގަލޫރުގައި ކަމަށާއި ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް ކަމަށެވެ.

ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު އެއް މެޗު ފިޔަވައި ދެން ހުރިހާ މެޗެއް ކާމިޔާބުކޮށް މާޒިޔާ އޮތީ 12 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. ބެންގަލޫރު އެފްސީ ދެވަނައިގައި 9 ޕޮއިންޓާ އެކު އޮތް އިރު މި ދެޓީމް ވާދަކުރާ މެޗަކީ މުހިއްމު މެޗަކަށް ވެގެންދާނެއެވެ.

މީގެ ކުރިން މިދެޓީމު މާލޭގައި ބައްދަލުކުރި މެޗަށް ބަލާއިރު އެ މެޗު ކާމިޔާބުކޮށްފައިވަނީ ބެންގަލޫރު އެފްސީންނެވެ. އެ މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ބެންގަލޫރު މޮޅުވި ނަމަވެސް އެ މެޗުގައި މާޒިޔާއިންވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

comment ކޮމެންޓް