އަޒުރާ ނަސީމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި

ޑރ. ފާތިމަތު އަޒްރާ ނަސީމް: 14 ދުވަސް ތެރޭގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އޭނާ އަށް ވަނީ އަންގާފައި

ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހ. ސެލްވޭޝަން ޑރ. ފާތިމަތު އަޒްރާ ނަސީމް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަޒްރާ އަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަޒްރާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުވާން ވަނީ އަންގާފައެވެ.

އެ މުއްދަތުގެ ތެރޭގައި ހާޒިރުނުވެއްޖެނަމަ އަޒްރާގެ ޣައިރު ހާޒިރުގައި އެ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

އަޒްރާ ދިރިއުޅެމުން އަންނަނީ އަޔަލެންޑުގައެވެ. އޭނާ އަކީ އެ ގަމުގައި ނޫސްވެރިކަން ވެސް ކޮށްފައިވާ ބޭފުޅެކެވެ. އަދި އަޔަލެންޑުގެ ކޮލެޖެއްގައި ނޫސްވެރިކަން ކިޔަވައިދިނުމުގައި ވެސް އޭނާ ވަނީ ހަރަކާތްތެރިވެފައެވެ.

އަޒްރާ އަކީ މިހާރު ޑަބްލިން ޔުނިވާސިޓީގެ ރިސާޗު ފެލޯއެކެވެ.

comment ކޮމެންޓް