މުދާ އުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަރައިފި

ކޯސްޓުގާޑުގެ އުޅަނދެއް --- ފޮޓޯ/ އެމްއެންޑީއެފް

މުދާ އުފުލާ ދޯންޏެއް ތިލަފުށީ ހުޅަނގު ފަރާތު ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ތިލަފުށީ ފަރަށް އަރާފައިވަނީ "ދިރާސާ" ނަމަކަށް ކިޔާ 80 ފޫޓުގެ މުދާ އުފުލާ ދޯންޏެއް ކަމަށެވެ.

އެ ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ، މިރޭ 10:48 ގައި ކަމަށް އާޒިމް ވިދާޅުވި އެވެ. ފަރަށް އެރި އިރު އެ ދޯނީގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިބި ކަމަށާއި، އެ މީހުންނަށް އަނިޔާއެއްވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ސަރަހައްދުގައި ކޯސްޓުގާޑުގެ ޑައިވަރުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

comment ކޮމެންޓް