އިލެކްޝަންސް ކޮމިޝަން ފަޅާލައި ތިޖޫރީގައި ހުރި ފައިސާތައް ވަގަށް ނަގައިފި

އިލެކްޝަންސް ކޮމިޝަން ހިންގާ ބިލްޑިން --- ސަން ފައިލް ފޮޓޯ

އިލެކްޝަންސް ކޮމިޝަންގެ އިދާރާ ފަޅާލައި އެތަނުގެ ތިޖޫރީގައި ހުރި ފައިސާތައް ވަގަށް ނަގައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އިދާރާ ފަޅާލިކަން އެނގުނީ އެތަނުގެ މުވައްޒަފުން މިއަދު ހެނދުނު އޮފީސް ހުޅުވަން ބެލިއިރުއެވެ.

މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު ެަކުރަމް ވިދާޅުވީ އެ ކޮމިޝަންގެ އިދާރާ ފަޅާލި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ. އެހެންކަމުން އިތުރު ތަފްސީލު ދެވެން ނެތް ކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ.

ފަޅާލިއިރު، ތިޖޫރީގައި ހުރީ ކިހާވަރެއްގެ ފައިސާއެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް