ރޮބަޓް ލަންޗަން މީޓް ޕްރޮމޯޝަނުން އެސްޓީއޯއިން އަހަރު ދުވަހު ހިލޭ ވިޔަފާރި ކުރުމުގެ ފުރުސަތެއް

ރޮބަޓް ލަންޗަން މީޓް ޕްރޮމޯޝަންގެ ސްޓޭންޑޭއް އެސްޓީއޯ ސުޕަމާތް ތެރޭގައި --- ފޮޓޯ/ އެސްޓީއޯ

އަގުހުރި އިނާމް ތަކަކާއެކު މިއަހަރުގެ ރަމަޟާންމަހު ވެސް އެސްޓީއޯ ސުޕަމާޓުގެ ރޮބަޓް ލަންޗަން މީޓް ޕްރޮމޯޝަން ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ، އިއްޔެ ފެށި، ޑެންމާކުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ރޮބަޓް ލަންޗަން މީޓްގެ ހާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށް ކަމަށެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގައި ކުރާ، ކޮންމެ 100 ރުފިޔާއިން މަތީގެ ރޮބަޓް ލަންޗަން މީޓު ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، ލަކީޑްރޯގައި އަގުހުރި އިނާމުތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން އެއްވަނަ ދެވަނަ އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް އެއް އަހަރު ދުވަހަށް އެސްޓީއޯ ސްޕަމާކެޓުން ހިލޭ ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ އިތުރުން ނަސީބުވެރި 10 ފަރާތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް އެސްޓީއޯއިން ވަނީ ނިންމާފައެވެ.

އެސްޓީއޯ ސުޕަމާޓްގެ ރޮބަޓް ލަންޗަން މީޓް ޕްރޮމޯޝަން އެސްޓީއޯ ސުޕަމާކެޓާއި އެސްޓީއޯ ރީޖަނަލް އައުޓްލެޓްތަކުގެ އިތުރުން ވީބީ މާޓް، މެގްނާ މާޓް، އީވްނިގް މާޓް، ޝޮޕް އެންޑް ސޭލް އަދި އެމާ ފިހާރައިގައި ވެސް ކުރިއަށްދާނެއެވެ.

comment ކޮމެންޓް