އުރީދޫ ހިއްސާ ގަތުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި

އުރީދޫ ފިހާރައެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --

އުރީދޫ މޯލްޑިވްސްގެ ހިއްސާ، ގަތުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ކުރިން އޮތްގޮތުން މުއްދަތު ހަމަވަނީ މިއަދަށެވެ.

އުރީދޫއިން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހިއްސާ ގަތުމުގެ މުއްދަތު 20 ދުވަހަށް ހުޅުވާލާފައި ބޭއްވުމަށް އެކުންފުނިން ނިންމާފައިވަނިކޮށް މިމަހުގެ ހަތް ވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމުން އެފުރުސަތު ގެއްލުން ކަމަށެވެ.

އެހެން ކަމުން 20 ދުވަހަށް އެފުރުސަތު އިތުރު ކުރުމަށް މާދަމާގެ ނިޔަލަށް ހިއްސާ ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އުރީދޫއިން ބުނި ގޮތުގައި މާދަމާ ރޭ 11.00ގެ ނިޔަލަށް، ޑިސްޓްރިބިއުޝަން އަދި ކަލެކްޝަން ޕޮއިންޓުތަކުން އެޕްލިކޭޝަން ފޯމު ބަލައިގަންނާނެ އެވެ. އޭގެ ތެރޭގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތައް އުރީދޫ ބިޒްނަސް ޕާޓްނާ ޝޮޕްތައް، ޕޯސްޓް އޮފީސްތައް، ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތައް، އަދި ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތައް ހިމެނެ އެވެ.

އަދި މާދަމާ ރޭ 12 ޖެހުމުގެ ކުރިން މޯލްޑިވްސް ސެކިއުރިޓީޒް ޑެޕޮސިޓްރީގެ ވެބްސައިޓް މެދުވެރިކޮށް ވެސް ހިއްސާ ގަނެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

comment ކޮމެންޓް