މިސްކިތްތަކުން: ތަރާވީހު ނަމާދުގެ ދިގުމިނާއި ކުރުމިން!

މާލޭ މިސްކިތެއްގައި ތަރާވީހް ނަމާދުކުރަނީ: ފޮޓޯ: ފަޔާޒު މޫސާ

ރަމަޟާން މަހަށް މަރުހަބާ ކިޔާއިރު ރޭ އަޅުކަމަށް އިސްކަން ދޭންޖެހެ އެވެ. ސަވާބާއި ދަރުމައަށްޓަކަ އެވެ. އެކަމަށް ޓަކައި އެންމެ ގިނަ ބަޔަކުކޮށް އުޅޭ އެއް ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ތަރާވީހް ނަމާދެވެ. ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައިހެން އެ ނަމާދު ކުރާއިރު އެނަމާދު ކުރުމަށް ހާއްސަ އިމާމުން ވެސް ރާއްޖެއިން ބޭރުން ވަނީ ގެނެސްފަ އެވެ.

އިސްލާމިކް މަރުކަޒުގައި ތަރާވީހް ނަމާދުކުރަނީ: ފޮޓޯ: ފަޔާޒު މޫސާ

ދިރިއުޅުމުގެ އެކިއެކި ޒިންމާތަކާއި ވަޒީފާގެ ގަޑިތައް ހުންނަ ގޮތުން ތަރާވީހު ނަމާދު ދިގު ދެމިގެންދާ ވަގުތަކީ ގިނަ ބަޔަކު އެކަމާ މެދު ވިސްނާ ކަމެކެވެ. ރޭގަނޑު މުހިންމު އެހެން ކަމެއް އޮވެއްޖެ ނަމަ އަވަހަށް ތަރާވީހު ނަމާދު ނިމޭ މިސްކިތަކަށްދެ އެވެ. އަދި ވަގުތު އޮވެއްޖެ ނަމަ ހަތިމު ކުރުމަށް ޓަކައި ހަތިމްކުރާ މިސްކިތަކަށް ތަރާވީހް ނަމާދަށް ދެ އެވެ.

ބައެއް މިސްކިތްތަކުގައި އަށް ރަކުއަތަށް ތަރާވީހް ނަމާދު ކުރާ އިރު އަނެއްބައި މިސްކިތްތަކުގައި 20 ރަކުއަތަށް ތަރާވީހު ނަމާދު ކުރެ އެވެ. ނަމަވެސް ތަރާވީހު ނަމާދުގެ ދިގުމިން ގުޅިފައި ވަނީ ކިޔަވާ ސޫރަތްތަކާ އެވެ. އެގޮތުން މުޅި ރަމަޟާން މަހަށް ބަހާލައިގެން ހަތިމް ކުރާ މިސްކިތްތަކުގެ ތަރާވީހު ނަމާދުގެ ދިގުމިން ރޭގަނޑު 9:30 އެހާކަންހާއިރަށް ދިގުދެމިގެންދާ އިރު ކުރު ސޫރަތްތައް ކިޔަވާ މިސްކިތްތަކުގެ ތަރާވީހު ނަމާދު 8:30 އެހާކަންހާއިރު ނިމެވެ އެވެ.

އަވަހަށް ތަރާވީސް ނިމޭ މިސްކިތްތައް

*މުހައްމަދު ޝަމްސުއްދީން

*މަސްޖިދުއްތަޢާވުނު

*މަސްޖިދު ޔޫސުފުލްބަރުބަރީ

*މާފަންނު މިސްކިތް

*މަސްޖިދުއް ޒިކުރާ

*ދަރުމަވަންތަ ރަސްގެފާނު މިސްކިތް

*މާލޭ ހުކުރު މިސްކިތް

*ބިހުރޯޒް ކަމަނާ މިސްކިތް

*މަސްޖިދުސުލްތާނު ޢާދިލް

*އީދު މިސްކިތް

*ޒިޔާރަތް މިސްކިތް

*މަސްޖިދުއް ތަގުވާ

*މަސްޖިދުލް އިހްލާސް

*ވިލިމާލޭ މަސްޖިދުއްސަލާމް

*ހުޅުމާލޭ މަސްޖިދުލްއަމާނީ

*ހުޅުމާލޭ ޒައިދު ބިން ސާބިތު

ތަރީގައި މިވަނީ ހަތިމް ކުރާ މިސްކިތްތަކުގެ ތަފްސީލް:

* މުހައްމަދު ތަކުރުފާނުލްއަޢްޒަމް

* މުހައްމަދު ބިން އަބްދިﷲ

* މުހައްމަދު ފަރީދުލްއައްވަލު

* ހަސަން އިއްޒުންދީން

* ސަލާހުއްދީން

* ޖަލާލުއްދީން

* ފުރުގާން

* މަސްޖިދުއްނޫރު

* އިބްރާހީމީ މިސްކިތް

* މަސްޖިދުއްޝަހީދު އަލީ

* މަސްޖިދު އަފީފުއްދީން

* އިސްކަންދަރު

* މަސްޖިދު ބަހާއުއްދީން

* މަސްޖިދުއްސުލްތާން މުހައްމަދު އިމާދުއްދީން

* ފަނޑިޔާރު މިސްކިތް

* ބަނޑާރަ މިސްކިތް

* ހުޅުމާލޭ ޝައިހް ގާސިމް ބިން އާލްސާނީ

* ހުޅުމާލޭ އަޒީޒާ މޫސާ

* ހުޅުމާލޭ އުމަރު ބިން ހައްތާބް

* ހުޅުމާލޭ ވަގުތީ މިސްކިތް

ތަރާވީހް ނަމާދުގެ މާތްކަން

ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވި ގޮތުގައި ތަރާވީހް ނަމާދަކީ ސުންނަތް ނަމާދެއް ކަމުގައި މުސްލިމް ހުރިހާ އިލްމުވެރިން އިޖްމާއުވެލަށްވަ އެވެ. އަދި ތަރާވީހް ނަމާދު ކުރުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށް އިޔާޒް ވިދާޅުވި އެވެ.

ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތްކޮޅުގައި އެކަލޭގެފާނު ޖަމާޢަތް ހައްދަވައިގެން މިނަމާދު ދުވަސްކޮޅެއްވަންދެން ކުރެއްވި ކަމަށާއި ފަހުން ދޫކޮށްލެއްވީ މީސްތަކުންގެ މައްޗަށް މިނަމާދު ފަރްޟުވެެދާނެ ކަމަށް ބިރުފުޅުހީވެގެން ކަމަށް އިޔާޒް ވިދާޅުވި އެވެ.

"އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ފަހު އެބިރު (ތަރާވީޙް ނަމާދު ފަރްޟުވެދާނެކަމުގެ ބިރު) ފިލައި ދިޔުމުން ޢުމަރުގެފާނު މީސްތަކުން އެއްކުރައްވާ ޖަމާއަތުގައި ތަރާވީހް ނަމާދު ކުރެއްވި،" ޑރ. އިޔާޒު ވިދާޅުވި އެވެ.

އިޔާޒު ވިދާޅުވި ގޮތުގައި ތަރާވީހް ނަމާދުގެ ވަގުތަކީ އިޝާ ނަމާދު ނިމިގެން ފަޖްރުލުމާއި ހަމައަށެވެ. އިޔާޒު ވިދާޅުވި ގޮތުގައި އެއީ ރަކުއަތުގެ އަދަދު ކަނޑައެޅިގެންވާ ނަމާދެއް ނޫނެވެ. ރޭގަނޑުގެ ނަމާދު ނިންމަންވާނީ ވިތުރިންނެވެ. އެހެންކަމުން ވިތްރީގެ އެއް ރަކްއަތް ނިންމާލުމުގެ ކުރިން ކުރަންވާނެ އެވެ.

comment ކޮމެންޓް