ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕަވާ ޕްލާންޓް ޗައިނާގައި

ޗައިނާގެ ފްލޯޓިން ސޯލާ ޕަވާ ޕްލާންޓް -- ފޮޓޯ: ސަންގްރޯ ޕަވާ

ބެއިޖިން (މެއި 27): ޗައިނާއިން އުފެއްދި ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕަވާ ޕްލާންޓް ބޭނުން ކުރަން ފަށައިފި ކަމަށް އެގައުމުން ބުނެފި އެވެ.

އިރުގެ އަލިން 40 މެގަވަޓުގެ ހަކަތަ އުފައްދައިދޭ އެ ސޯލާ ޕްލާންޓް އުފެއްދީ ޗައިނާގެ ސަންގްރޯ ޕަވާ ސަޕްލައި ކުންފުނިންނެވެ. ފެންމަތީގައި އޮންނަ އެސޯލާ ޕްލާންޓް މިހާރު ވަނީ ޗައިނާގެ ދެކުނުގައި އޮންނަ އަންހުއި ޕްރޮވިންސުގެ ހުއާނިއަން ސިޓީގެ ޕަވާ ގްރިޑާ ގުޅާފައިވާ ކަމަށް އެގައުމުން ބުނެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރު ފްލޯޓިން ސޯލާ ޕްލާންޓުތައް ބޭނުން ކުރަމުންދާ ސަބަބުތަކުގެ ތެރޭގައި އެއީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ސަރަހައްދުތަކުގައި ބިނާ ކުރެވޭނެ ފެސިލިޓީއަކަށް ވުން ހިމެނެ އެވެ. އަދި ސޯލާ ޕެނަލްތައް ފެންމަތީގައި ބޭއްވުމުން ޕެނަލްތައް މާބޮޑަށް ހޫނުވެ، އޭގެއިން ހަކަތަ އުފައްދާ މިންވަރު މަދުވުމާ ދުރުކޮށްދޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ފަހުގެ އަހަރުތަކުގައި އިޔާދާ ކުރަނިވި ހަކަތަ އުފެއްދުން އިތުރުކޮށްފައިވާ ޗައިނާއިން ވަނީ 2030 އަންނަންވާ އިރަށް، ފޮސިލް ފިއުލް ބޭނުން ނުކޮށް އުފައްދާ ހަކަތައިގެ މިންވަރު 20 ޕަސެންޓަށް އިތުރު ކުރާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް