މާދަމާ ފިތުުރު ޒަކާތް ބަލައިގަންނަން ފަށަނީ

މީހަކު ޒަކާތް ދައްކަނީ: ސަން ފައިލް ފޮޓޯ

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް، އިސްލާމިކް މިނިސްޓްރީއާއި އެހެނިހެން އިދާރާތަކުން މާދަމާ ފަށާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާދަމާއިން ފެށިގެން، ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން މެންދުރު 1:00 އާ ހަމައަށް ފިތުރު ބަލައިގަންނާނެ ކަމަށާއި، ރަމަޟަން މަހުގެ 29 ވަނަ ދުވަހު މެންދުރު 2:00 އާ ހަމައަށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

މިނިސްޓްރީގެ އިތުރުން، މާދަމާއިން ފެށިގެންް ޖޫން މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް، ހުޅުމާލޭގައި އެޗްޑީސީއިން، ވިލިމާލެއިން، އަޔާދީ ތަކާފުލްއިން، އައްޑޫ ސިޓީ ކައުންސިލް އަދި އެހެން ރަށްރަށުގެ ކައުންސިލްތަކުންވެސް ފިތުރު ޒަކާތް ބަލައިގަންނަމުން ދާނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ރަސްމީކޮށް ދައްކަން ޖެހެނީ 2.4 ކިލޯގެ ހަނޑުލަށްވާ އަގުގެ ފައިސާއެވެ. އެއީ މާލެއާއި ހުޅުމާލޭގައި އާދައިގެ ހަނޑުލުން ނަމަ ބޮލަކަށް 16 ރުފިޔާ، ތައިލެންޑް ހަނޑުލުން ނަމަ ބޮލަކަށް 55 ރުފިޔާ، އަދި ބާސްމަތީ ހަނޑުލުން ނަމަ ބޮލަކަށް 80 ރުފިޔާއެވެ.

ރަށްރަށުގައި ފިތުރު ޒަކާތް ދައްކަން ޖެހޭނީ އެރަށެއްގައި 2.4 ކިލޯގެ ހަނޑޫ ގަންނަން ލިބޭ އަގުގައެވެ.

comment ކޮމެންޓް