ލަންކާގައި ބިންގަނޑު ކަނޑައިގެން ގޮސް 100 މީހަކު މަރުވެއްޖެ

މީހުން ހޯދުމުގެ މަސައްކަތް ސިފައިން ކުރާ އިރު އާންމުން ބަލަހައްޓައިގެން --

ލަންކާ އަށް ބޯކޮށް ވާރޭވެހި އަދި ބިންގަނޑު ކަނޑައިގެން ފޭބުމުގެ ސަބަބުން 100 މީހުން މަރުވެ، 99 މީހަކު ގެއްލިފައިވާ ކަމަށް ލަންކާގެ ރަސްމީ ފަރާތްތަކުން ބުނެފި އެވެ.

އަދި ގެއްލުނު މީހުން ހޯދުމުގެ މަސައްތަކް ސަލާމަތީ ބާރުތަކުންނާއި އާންމުން ވަނީ ފަށައިފަ އެވެ.

ސްރީލަންކާގެ ޑިޒާސްޓާސް މެނޭޖްމަންޓް ސެންޓަރުން ބުނީ، 2،900 މީހަކު ވިއްސިވިހާލިވެފައިވާ ކަމަށެވެ.

މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމަށް، މިލިޓަރީ އިން ވަނީ ބޮޑެތި ވެހިކަލްތަކާއި ބޯޓުތައް ބޭނުންކޮށްފަ އެވެ.

އާންމުން ބުނަނީ އިތުރު މީހުން ބިންގަނޑުގެ ދަށުގައި ތާށިވެފައިވާ ކަމަށާއި އަދި އެ ހިސާބަށް ވެހިކަލަކަށް ވެސް ގާތް ނުވެވޭނެ ކަމަށެވެ.

ހުޅަނގު މޫސުމުގެ ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ދިއުން ވަނީ ލަންކާގައި އާންމުވެފަ އެވެ.

މައުލޫމާތު: ވޮއިސް އޮފް އެމެރިކާ

comment ކޮމެންޓް