މީޑިއާ ކައުންސިލުން ނޫސްވެރިންނާ އެކު ތަފާތު މާހެފުމެއް!

ނޫސްވެރިންނާ އެކު މީޑިއާ ކައުންސިލުން ބޭއްވި މާހެފުމުގެ ތެރެއިން: އެ މާހެފުމުގައި ގުރުއަތުން ހޮވުނު ނޫސްވެރިންނަށް ވަނީ އިނާމްދީފައި --- ސަން ފޮޓޯ/

ނޫސްވެރިންނާއެކު މޯލްޑިވްސް މީޑިއާ ކައުންސިލުން ތަފާތު މާހެފުމެއް މިއަދު ބާއްވައިފިއެވެ.

މީޑިއާ ކައުންސިލްގެ އިދާރާގައި މިއަދު ހަވީރު ބޭއްވި އެ މާހެފުމުގައި އެކި މީޑިއާތަކުގެ ނޫސްވެރިން ވަނީ ބައިވެރިވެފައެވެ.

އެކުވެރި ހިތްގައިމު މާހައުލެއްގައި ނޫސްވެރިންނަށް މީޑިއާ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުސަތު މިއަދުގެ މާހެފުމުގައި ލިބިގެންދިޔައެވެ.

ނޫސްވެރިންނާ އެކު މީޑިއާ ކައުންސިލުން ބޭއްވި މާހެފުމުގެ ތެރެއިން: އެ މާހެފުމުގައި ގުރުއަތުން ހޮވުނު ނޫސްވެރިންނަށް ވަނީ އިނާމްދީފައި --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މީޑިއާ ކައުންސިލުން ވަނީ އެސްޓީއޯގެ ހެޔޮއެދުންތަކާއެކު ޚާއްސަ ހަދިޔާތަކެއް ވެސް މާހެފުމުގައި ބައިވެރިވި ނޫސްވެރިންނަށް ދީފައެވެ. އެ ހަދިޔާތައް ދީފައި ވަނީ ގުރުއަތުން ހޮވުނު ދިހަ ނޫސްވެރިއަކަށެވެ.

އެ މާހެފުމުގައި ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ އާއި ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނޫސްވެރިންނާ އެކު މީޑިއާ ކައުންސިލުން ބޭއްވި މާހެފުމުގެ ތެރެއިން --- ސަން ފޮޓޯ/

އެ މާހެފުމުގައި ވާހަކަފުޅުދައްކަވަމުން މީޑިއާ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަން ވަނީ މީޑިއާތަކާއި ނޫސްވެރިންނަށް ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދަންނަވާފައެވެ. މުއީދު ވިދާޅުވީ މީޑިއާގައި ވަރަށް ފައިދާހުރި ކޮންޓެންޓްތައް ޝާއިޢުކުރެވޭ ކަމަށާއި މީޑިއާގައި ޝާއިޢުކުރެވޭ ފެންވަރު ރަނގަޅު ކޮންޓެންޓްތައް ފާހަގަކޮށް، އޭގެ އަގުވަޒަންކޮށް، ނޫސްވެރިންނަށް ހިތްވަރުދިނުމުގެ ލިއުން ދިނުމާބެހޭ މަޝްވަރާތަކާއި، އިންތިޒާމުތައް، މިހާރު މީޑިއާ ކައުންސިލުން ކުރިއަށް އެބަގެންދާ ކަމަށެވެ.

ނޫސްވެރިންނާ އެކު މީޑިއާ ކައުންސިލުން ބޭއްވި މާހެފުމުގެ ތެރެއިން: އެ މާހެފުމުގައި ގުރުއަތުން ހޮވުނު ނޫސްވެރިންނަށް ވަނީ އިނާމްދީފައި --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މީޑިއާ ކައުންސިލުން އެރުވި ދައުވަތު ގަބޫލުކުރައްވައި، މާހެފުމަށް ވަޑައިގެންނެވީތީ ނޫސްވެރިންނަށް މުއީދު ވަނީ ޝުކުރު ދަންނަވާފައެވެ.

comment ކޮމެންޓް