ގެސްޓްހައުސް ޕޮލިސީ ނަގައިގެން އަގުހުރި އިޝްތިހާރު ޕެކޭޖެއް ލިބިދާނެ!

އެލައިޑު އިންޝުއަރަންސުން ކުރިއަށް ގެންދާ ގެސްޓްހައުސް އިންޝުއަރަންސް ސްކީމު ނަގައިގެން 50،000 ރުފިޔާގެ އަގުހުރި އެޑްވަޓައިޒިންގ ޕެކޭޖެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެލައިޑް އިންޝުއަރަންސުން ބުނި ގޮތުގައި، މިއަދުން ފެށިގެން އޯގަސްޓް 31 ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިޔަށްދާ އިރު، އެ މުއްދަތުގައި އެ އިންޝުއަރަންސް ޕެކޭޖު ނަގާ ފަރާތްތައް އޮޓޮމެޓިކުން ގުރުއަތަކަށް ދެއެވެ. އެ ގުރުއަތުން ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ އެޑްވަޓައިޒިންގް ޕެކޭޖެއް ލިބޭނެއެވެ.

މި ޕްރޮމޯޝަނުގައި، ރާއްޖޭގައި އޮޕްރޭޓްކުރާާ ކޮންމެ ގެސްޓް ހައުސަކަށް ވެސް ބައިވެރިވެވޭނެއެވެ.

އެލައިޑުގެ ގެސްޓްހައުސް އިންޝުއަރަންސުގައި ތިން ޕެކޭޖެއް ހިމެނޭއިރު، އޭގެ ޚާއްސަކަމަކީ ޕްރޮމޯޝަނުގެ މުއްދަތުގައި ނަގާ ޕޮލިސީތަކަށް 20 ޕަސަންޓާ 30 ޕަސަންޓާ ދެމެދުގެ އަދަދަކުން ޑިސްކައުންޓް ލިބޭ ކަމެވެ.

comment ކޮމެންޓް