ރާއިހާ މަރުވި އެކްސިޑެންޓުގައި އުޅަނދުތަކަށް ލިބުނު ގެއްލުން މިހުރީ ފެންނަން

ރާއިހާ މަރުވި އެކްސިޑެންޓުގައި ކާރަކަށް ގެއްލުންވެފައި: އެ ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ---

ޑޮކްޓަރަށް ދެއްކުމަށް އިންޑިއާއަށްދިޔަ ޒުވާން އެ ދެމަފިރިން ހޮސްޕިޓަލުން ނުކުތީ އުފަލުންނެވެ. ލިބުނު އުފާވެރި ހަބަރަކާ އެކުއެވެ. އުފަލުން ގެއަށް ދިއުމަށް ރަހުމަތްތެރިންތަކަކާއެކު އަނބިމީހާ އޮޓޯ އަކަށް އެރުވުމަށްފަހު، ފިރިމީހާ ވެސް އެރީ އެހެން އޮޓޯ އަކަށެވެ. އެއީ މެންދަމުގެ ވަގުތެވެ.

ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިވުނީ ބާރު އަޑުފައްގަނޑެކެވެ. ފެނުނީ ހިތާމައިން ފުރިގެންވާ މަންޒަރެކެވެ. ބާރު ސްޕޫޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލުނުވެ، އަނބިމީހާ އިން އޮޓޯގައި ޖެހި އޮޓޯ އޮތީ ވަރަށް ދުރަށް ވިއްސައިގެން ގޮސްފައެވެ.

ރާއިހާ އިން ކަމަށް ބުނާ އޮޓޯ އެކްސިޑެންޓުގައި ހަލާކުވެފައި ---

މިއީ މިދިޔަ އަންގާރަ ދުވަހު އިންޑިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ރ. މަޑުވައްރީ އާއިޝަތު ރައިހާ، 24 ނިޔާވި ހާދިސާ ހިނގި ގޮތެވެ. އެ ހާދިސާއަށް މިއަދަށް ދެ ދުވަސް ވެގެންދިޔައިރު، އެކްސިޑެންޓުވި އުޅަނދުގެ ފޮޓޯތަކެއް މިމވަނީ އާއްމު ވެފަ އެވެ.

ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ފަރާތުން ސަންއާ ހިއްސާކުރި އެ ފޮޓޯތަކުން ރައިހާ އެރި ކަމަށް ބުނާ އޮޓޯ އާއި އޭގައި ޖެހުނު ޖިޕަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ކާރު އައިސް އޮޓޯގެ ފަހަތުގައި ޖެހުމުގެ ސަބަބުން އޮޓޯގެ ފަހަތް ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ފަހަތް އެއްކޮށް އޮތީ އޮޓޯއިން ބޭރުންގައެވެ. އޮޓޯގެ އެތެރޭގައި ޖަހާފައި ހުރި ގޮޑިތަކާއެކު އޮޓޯގެ މައިގަނޑު ވެސް އޮތީ ފަހަތަށް ލެބިގެން ގޮސްފައެވެ. ޕެޓްރޯލް ޓޭންކް ނުގޮވާ އިންކަން ހަމަ ނަސީބެވެ.

ރާއިހާ އިން އޮޓޯގައި ޖެއްސި ކާރު: އެ ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ---

އޮޓޯގައި ޖެހުނު ޖިޕު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކު ވެފައެވެ. ޖިޕުގެ ކުރީކޮޅު ހަލާކުވެފައި އޮއްލެއް ބޮޑު ކަމުން، ބޮޑު މަރާމާތަކަށްފަހު ނޫނީ އެ ކާރު ބޭނުމެއް ނުކުރެވޭނެ އެވެ. އެ ކާރުގެ ބިއްލޫރިގަނޑު ވެސް ތެޅިފައި އޮތްއިރު، ޓްރާންސް މިޝަންބަޔާއެކު އިންޖީނު ވެސް އޮތީ ޖިޕުގެ ކުރީ ކޮޅުން އެލިފައެވެ.

ރައިހާ ނިޔާވެފައި ވަނީ ދަރިން ނުލިބޭތީ އެކަމަށް ބޭސް ކުރުމަށް އޭނާގެ ފިރިމީހާ، ގދ. މަޑަވެއްޔަށް އުފަން އަޒަމް މުހައްމަދާއެކު އިންޑިއާއަށް ގޮސް އުޅެނިކޮށެވެ. ރ. ކައިވެނި ކޮށްގެން ދެ އަހަރު ވީއިރުވެސް ޒުވާން އެ ދެމަރިފިންނަށް ނުލިބި އޮތް ނިއުމަތަކީ ދަރިއެއް ލިބުމުގެ އުފަލާއި ހިތްހަމަޖެހުމެވެ. ލޯބިން ދުވަސްތައް ގުނަމުން ދިޔަ ރައިހާ އައި އަޒަމްގެ އެ އުއްމީދެއް ހާސިލްކުރުމަށް އެތައް މަސައްކަތެއް ކުރިއެވެ. އެ ހުވަފެނުގައި ކުލަ ޖެހުމުގެ އުންމީދު ލިބުނީ މިދިޔަ އަންގާރަ ދުވަހުު އެވެ.

ރާއިހާ އިން ކަމަށް ބުނާ އޮޓޯ އެކްސިޑެންޓުގައި ހަލާކުވެފައި ---

އިންޑިއާގެ ކޮޗިންގެ ސުބިން ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު ރާއިހާގެ ދެމަފިރިން އެތަނުން ނުކުތީ މާތް ﷲއަށް ޝުކުރު ބަރުތީލަ ކުރަމުންނެވެ. އެރޭ ލިބުނު ނަތީޖާ ދައްކާގޮތުން ރައިހާ މަންމައަކަށް ވަނީއެވެ. ނަތީޖާއާއެކު ދަމަފިރިން ވެސް ތިބީ އުފަލުންނެވެ. ދިޔައީ އުފާވެރިކަމުގެ ކަރުނަ ބާލަމުންނެވެ.

ނަމަވެސް ތަހުގީރު ނިޔާކުރީ އެހެނެއް ނޫނެވެ. އުފާވެރި އެ ވަގުތުކޮޅަށް ނިމުމެއް ގެނައީ ބާރު އަޑުފައްގަނޑެކެވެ. ހޮސްޕިޓަލުން ނުކުމެ ރައިހާ އެރި އޮޓޯގައި ބާރު ސްޕޫޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލުނުވެ، އައިސް ޖެހުނު އަޑެވެ. އެކްސިޑެންޓާއެކު އޮޓޯގެ ދޮރު ކައިރީގައި އިން ރައިހާ އޮތީ އޮޓޯއާއެކު ދުރަށް ވިއްސައިގެން ގޮސް، ލެއިން ފޯވެފައެވެ. ހަށިގަނޑު ހަރަކާތް ހުއްޓިފައެވެ.

ރައިހާ އާއި އޭނާގެ ފިރިމީހާ އަޒަމް ---

ރައިހާގެ ފިރިމީހާ އޭނާ ނައިގެން ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއްގެ ތެރޭގައި ރައިހާ ނިޔާވި އެވެ. ކުޑަ ވަގުތުކޮޅަކަށް ވެސް އުފާވެރި އިހްސާސްތަކެއް ކުރެވުނު އެ ދުވަހު އަޒަމް އާއި ރައިހާ ދެކެމުންދިޔަ ހުވަފެން ވިއްސިވިހާލިވެގެން ދިޔައީއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވި އުފާ ހިތާމައަށް ބަދަލުވީއެވެ. ބޭލި އުފާވެރިކަމުގެ ކަރުނަ ލޭ ކަރުނައަށް ވިއެވެ.

comment ކޮމެންޓް