އިންޑިއާގެ މަޝްހޫރު ތާޖް ވެސްޓު އެންޑާއެކު ސަޓާއަށް 266 ފަރާތެއް ނޮމިނޭޓުކޮށްފި

މިދިޔަ އަހަރުގެ ސަޓާގައި ލަންކާ ޓޫރިޒަމް މިނިސްޓަރު ޖޯން އަމަރަތުންގަ އާއި ހައިރައިޒް އިއްސެ، އަދާރަން މީދުއްޕަރަށް ލިބުނު އެވޯޑު ހަވާލު ކުރަނީ -- ފޮޓޯ: ސަޓާ

އިންޑިއާގައި އެންމެ ގިނަ ދުވަސްވީ ހޮޓާ، ތާޖް ވެސްޓް އެންޑް ބެންގަލޫރާ އެކު ޖުމްލަ 266 ފަރާތެއް މިއަހަރުގެ ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަށް މިހާތަނަށް ނޮމިނޭޓުކޮށްފިއެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސަޓާ އެވޯޑަކީ ސަރަހައްދީ ފެންވަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން ހޮވާލެވޭ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. މިދިޔަ އަހަރުގެ އެވޯޑު ހަފްލާ ސްރީ ލަންކާގައި ބާއްވާފައިވާއިރު މިއަހަރުގެ އެވޯޑު ހަފްލާ ބާއްވަން ހަމަޖައްސާފައި ވަނީ ރާއްޖޭގެ ރިސޯޓެއްގައި އަންނަ އޮކްޓޯބަރުގެ ފަހު ކޮޅުގައެވެ.

ސަޓާއަކީ ހައިރައިޒުން ކުރި ފަޅައިގެން އައި އިންޓަނޭޝަނަލް ބްރޭންޑެކެވެ. އެ އެވޯޑު ފުރަތަމަ ފަހަރު ދީފައި ވަނީ 270 ނޮމިނޭޝަންސްއާ އެކު ސްރީލަންކާގެ މައުންޓް ލެވީނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ އެވޯޑު ހަފްލާގައި ދެކުނު އޭޝިއާގެ އެންމެ ޝަރަފުވެރި 18 އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްގައި މައިގަނޑު ގޮތެއްގައި 10 ސެގްމެންޓަކުން 34 މޭޖާ ކެޓަގަރީ ހިމެނެއެވެ. ހައިރައިޒުން މައުލޫމާތުދޭ ގޮތުގައި، މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނޮމިނޭޝަންސް ހުށަހެޅުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައެވެ.

ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އިތުރުން ސްރީލަންކާ އާއި އިންޑިއާގެ ފަރާތްތަކުންނެވެ. މިއަހަރުގެ ސަޓާ އެވޯޑްސްގައި ރާއްޖެ އާއި އިންޑިއާ އަދި ލަންކާގެ އިތުރުން، ބޫޓާން އަދި ނޭޕާލްގެ ފަރާތްތަކުން ވެސް ބައިވެރިވާނެއެވެ.

މިމަހުގެ ނިޔަލަށް ނޮމިނޭޓު ކުރުމުގެ މުއްދަތު ހަމަވާއިރު މިހާތަނަށް އެ އެވޯޑަށް ސަރަހައްދުގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑެތި ބްރޭންޑުތައް ވަނީ ނޮމިނޭޓުވެފަ އެވެ.

އިންޑިއާއިން ނޮމިނޭޓު ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެކްސްޕީރިއެންޓަލް ހޮޓެލްސް، ރެޑިސަން ހޮޓެލް، ދަ ރޭވިޒް، ޔޫޑީއެސް ހޮޓެލްސް، ވީތިރީގެ އިތުރުން ދޭޝާދަންއާއި ޖޯން ހޮވާޑާއި ދަ ލީލާ ޕްލެސެސްއާއި ޝެރަޓަން އަދި އަވާލޭންޑް ފަދަ ބޮޑެތި ބްރޭންޑުތައް ހިމެނެއެވެ.

ނޭޕާލުން ޝަންގްރިއްލާ، މަލްބެރީ، މަނަސްލު، ފިޝްޓެއިލް އަދި ބަރަހިގެ އިތުރުން ވިޒިޓް ނޭޕާލް ހޮޓެލް ފަދަ ބްރޭންޑުތައް ނޮމިނޭޓް ވެފައިވާއިރު އަވަށްޓެރި ސްރީލަންލާގެ ސިނަމަން ބްރޭންޑުން އެކަނިވެސް ހަތް ރިސޯޓެއް ވަނީ ނޮމިނޭޓް ކޮށްފައެވެ.

ސިނަމަންގެ ހަތް ރިސޯޓުގެ އިތުރުން ރޯޔަލް ޕާމްސް، ސޭސޭންޑްސް އަދި ކޮލޮމްބޯ ކޯޓްޔާޑް ފަދަ ބްރޭންޑްތައް ނޮމިނީސްގެ ތެރޭގައި ހިމެނެއެވެ.

ބޫޓާން ތަށީ ނަމްގޭ ފަދަ ބްރޭންޑުތައް ވެސް މިހާރު ސަޓާއަށް ވަނީ ނޮމިނޭޓުކޮށްފައެވެ.

ސަޓާގައި މިއަހަރު ދެން ބައިވެރި ވަނީ ރާއްޖެއިންނެވެ. އެގޮތުން ރާއްޖެއިން ނޮމިނޭޓްވެފައިވާ ބްރޭންޑުތަކުގެ ތެރޭގައި ކޮކޯ ކަލެކްޝަން، ވިލާ ހޮޓެލްސް، ލަކްސް، ޑަބްލިއު، އަމާރީ، ސެންތާރާ، ސެއިންޓް ރެޖިސް، އައުޓްރިއްގާ، ކޮކޫން، ހައިޑަވޭ އަދި ދުސިއްތާނީ ހިމެނެއެވެ.

މީގެ އިތުރުން، ފްލައިމީ އާއި ސްކޫބާ ސްޕާ، ބެސްޓް ޑައިވް، ޑައިވް އޯޝަނަސް، ރިވެރީސް، ބަންޔާން ޓްރީ އާއި ވޮޔޭޖެސް މޯލްޑިވްސް އަދި މަޝްހޫރު އަދާރަން ބްރޭންޑުގެ ފަސް ރިސޯޓު ވަނީ ސަޓާއަށް ނޮމިނޭޓުކޮށްފައެވެ.

ސަޓާ އެވޯޑްސް އެންޑޯޒްކޮށްފައިވާ ފަރާތްތައް:

  1. އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޯގަނައިޒޭޝަން، އިންޑިއާ
  2. ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީ ލަންކާ
  3. ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  4. ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް
  5. އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  6. ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)
  7. އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  8. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  9. ނޭޕާލް ޓޫރިޒަމް ބޯޑު
  10. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)
comment ކޮމެންޓް