ކަޓަމަރަންގައި ގެއްލުނު މީހާ ފެނިއްޖެ، ފެނުނީ އެއް މޭލު ބޭރުން

ކޯސްޓުގާޑް ލޯންޗެއް:

އދ. އަތޮޅުގައި އޮންނަ އަތުރުގައު އައިލެންޑް ރިސޯޓުން ކަޓަމަރަންއެއްގައި ކަނޑަށް ނުކުތް މީހާ ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އަތުރުގައު ރިސޯޓްގެ ވޯޓާ ސްޕޯޓްސްގައި އުޅޭ ސްރީ ލަންކާގެ އެ މީހާ ފެނިފައި ވަނީ 15 ވަރަކަށް ފޫޓުގެ ކަޓަމަރަން އެއްގައި ކަނޑުމައްޗަށް ނުކުތް ފަހުން ހަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް ރިސޯޓާއި އެމްއެންޑީއެފުން ކުރަމުން ދަނިކޮށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، އެ މީހާ ފެނިފައި ވަނީ ދިއްގިރި ރިސޯޓް އާއި މޭލެއްހާ ބޭރުން، އަތުރުގާ ރިސޯޓްގެ އުޅަނދަކަށެވެ. ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އަތުރުގާ ރިސޯޓުން ކަޓަމަރަންއެއްގައި ކަނޑަށް ނުކުތް މީހަކު ގެއްލުނު ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 12:50 އެހާކަންހާއިރު އެވެ. އަދި މައުލޫމާތު ލިބުމާ އެކު އދ. މަހިބަނދޫގައި އޮތް ސީ އެންބިއުލާންސް އެ ސަރަހައްދަށް ފޮނުވި އިރު، އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އެންޓާސެޕްޓަރު ކްރާފްޓެއް ވެސް އެ ސަރަހައްދަށް ފޮނުވި އެވެ.

comment ކޮމެންޓް