ހައިކޯޓުގެ ކުރީގެ ރަޖިސްޓްރާ ހަސަން އަލީ އާސަންދައިގެ އެމްޑީކަމަށް އައްޔަންކޮށްފި

ހަސަން އަލީ

ހައިކޯޓުގެ ކުރީގެ ރަޖިސްޓްރާ ހަސަން އަލީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖައްސައިފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ހަސަން އަލީ އެ މަގާމަށް ހަމަޖެއްސެވިއިރު، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި މައުމޫން އަބްދުއްސަމަދު މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.

ގާނޫނީ ދާއިރާ އިން ޑިގްރީ ހާސިލްކުރައްވާފައިވާ ހަސަން އަލީ އަކީ މި ސަރުކާރުގެ އެންމެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލާއެވެ. އެއަށްފަހު އެ މަގާމުން ވަކިކުރައްވައި ރައީސުލްޖުމްހޫރިއްޔާ އޭނާ އައްޔަން ކުރެއްވީ ހައުސިން މިނިސްޓަރުގެ ނައިބު ކަމަށެވެ.

އެ މަގާމަށްފަހު ދެން ހަސަން އަލީ ހަމަޖެއްސީ ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމަށެވެ.

comment ކޮމެންޓް