ރީކޯ މޫސަ ވަކިކުރަން ފައިސާ ބެހިންތޯ އަލީމާ ސުވާލުކޮށްފި

އަބްދުލް އަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ ވޯޓާ ދިމާކޮށް ފައިސާ ބެހިންތޯ ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އާދަމާ ފުލުހުން ސުވާލުކޮށްފިއެވެ.

އަލީމް މިއަދު ވިދާޅުވީ މޫސަގެ އިތުބާރުނެތްކަމުގެ މައްސަލައަށް ނުފޫޒު ފޯރުވަން އެއްވެސް ފަރާތަކަށް ފައިސާ ބެހިންތޯ ފުލުހުން ސުވާލު ކުރި ކަމަށެވެ. އަދި އެ ނޫނަސް އެ މައްސަލައާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވޯޓަށް ނުފޫޒުފޯރުވާ ކަމަށް އެއްވެސް ފަރާތަކުން ބުނާނަމަ އެއީ ދޮގެއް ކަމަށް ތަހުގީގުގައި ދަންނަވާފައިވާނެ ކަމަށް އަލީމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ވެސް ފުލުހުން އެފަދަ ތުހުމަތުތަކެއް ކުރިއެވެ. ނަމަވެސް ގާސިމް ރިޝްވަތު ބެހި ކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައެއް ނުވެއެވެ.

ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައިވާއިރު، އެ ދައުވާ އުފުލީ ޕޯޑިއަމްގައި އޭނާ ދެއްކެވި ވާހަކަފުޅެއްގެ މައްޗަށް ބިނާކޮށެވެ.

comment ކޮމެންޓް