މާދަމަ އިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ބޮޑަށް ވައިގަދަވާނެ: މެޓް އޮފީސް

18 މެއި 2017: މިހާރު މާލެ އަށް ކުރަމުންދާ ވިއްސާރަ: މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމާއި، ބައެއް ރަށްރަށަށް އުދައާއި ނަގޫރޯޅި އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނޭ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާދަމާ އިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ބޮޑަށް ވައިދަވާނެ ކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.

މީޓިއޮރޮލޮޖިކަލް ޓެކްނީޝަން އިބްރާހީމް ވަހީދު މިއަދު "ސަން" އަށް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހު ބޮޑަށް ވައިގަދަވި ނަމަވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް މޫސޫން ގޯސްވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، މެދު ރާއްޖެ ތެރެއާ އުތުރަށް ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މެދު ރާއްޖެތެރެއަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ހުޅަނގު ދެކުނުނާއި ހުޅަނގުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެހެން ހިސާބުތަކަށް 8 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

comment ކޮމެންޓް