މީޑިއާ ކައުންސިލް ރައީސް، ސަރުކާރުގެ ވަޒީފާ އިން ވަކިކޮށްފި

އެމްއެމްސީގެ ރައީސް އަބްދުލް މުއީދު ހަސަން-- ސަން ފައިލް ފޮޓޯ

މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ)ގެ ރައީސް އަބްދުލް މުއީދު ހަސަން ހައުސިން މިނިސްޓްރީގެ ޗީފް އާކިޓެކްޓް މަގާމުން ވަކިކޮށްފި އެވެ.

މުނިސިޕަލްޓީ ޒަމާނުންސުރެ މާލޭގެ ގޯދިގެދޮރު ކަންކަން ބަލަހެއްޓުމުގެ އެކިއެކި މަގާމް ފުރުއްވަމުން އަންނަ މުއީދު ހައުސިން އިން ވަކިކޮށްފައި ވަނީ މިއަދު ކަން ސަން އަށް ވަނީ ޔަގީންވެފަ އެވެ.

މުއީދު ވަކިކުރި ސަބަބެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

މުއީދުއަކީ ސިވިލް އިންޖީނިއަރިން ދާއިރާއިން ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މުއީދު ސަރުކާރު މަގާމުން ވަކިކޮށްފައިވާ އިރު އޭނާ ރައީސްއަކަށް ހުރި މީޑިއާ ކައުންސިލް މެދުވެރިކޮށް މީޑިއާތަކާ ގުޅޭ 40 މައްސަލައެއް އިއްޔެ ބަލަން އުޅުމުން އެކަން ވަނީ ހޫނުވެފަ އެވެ.

ރައީސް އޮފީހުން ހުށައަޅައިގެން ކަމަށް ބުނެ ބަލަމުން އަންނަ މައްސަލަތަކެއް ކަމަށް މީޑިއާ ކައުންސިލުން މީޑިއާތަކަށް އެންގި ނަމަވެސް ރައީސް އޮފީހުން ވަނީ އެއޮފީހުން އެފަދަ މައްސަލައެއް ހުށަނާޅާ ކަމަށް ބުނެފަ އެވެ. އެއާ އެކު މިއަދު އެސިޓީތައް ވަނީ ބާތިލްކޮށްފަ އެވެ.

comment ކޮމެންޓް