އަޔާދީގެ "ހައްޖު އުމްރާ ތަކާފުލް"ގެ ޚިދުމަތް އޮންލައިންކޮށް ލިބޭ ގޮތް ހަދައިފި

އެލައިޑުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސުގެ ތެރެއިން -- ފޮޓޯ: އެލައިޑު އިންޝުރެންސް

އެލައިޑު އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން ދެމުން އަންނަ "ހައްޖު އުމްރާ ތަކާފުލް"ގެ ޚިދުމަތް އޮންލައިންކޮށް ލިބޭ ގޮތް ހަދައި، އިސްލާމިން ބޭންކުގެ ފައިސާ ޕޭ މެދުވެރިކޮށް ފައިސާ ވެސް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މީގެ ކުރިން އަޔާދީ ތަކާފުލްގެ ޚިދުމަތްތަކަށް އުރީދޫ އާއި ބެންކް އޮފް މޯލްޑިވްސް އިން ޕޭ ކުރެވުނު ނަމަވެސް، މިއަދުން ފެށިގެން އަޔާދީގެ އޮންލައިން ޕްލެޓްފޯމުތަކާއި އެހެނިހެން ޕޭމަންޓުތަކަށް އިސްލާމިކް ބޭންކުގެ ފައިސާ ޕޭ ބޭނުން ކުރެވޭނެ އެވެ.

އެލައިންޑުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޖެނަރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ މިއަދުން ފެށިގެން ހައްޖު އުމްރާ ތަކާފުލް ޕެކޭޖު އޮންލައިންކޮށް ލިބޭނެ ކަމަށާއި އެލިއިޑް އެޕްލިކޭޝަން މެދުވެރިކޮށްވެސް އެ ހިދުމަތް ލިބޭނެ ކަމަށެވެ.

"ކަސްޓަމަރުންގެ ވަގުތު ސަލާމަތްކޮށް ކޮންމެ ފަހަރަކު ހިދުމަތް ބަލާއިގަތުމަށް އޮފީހަށް ދިޔުމުގެ ބަދަލުގައި ކޮންމެ ތަނަކުން ވެސް އެ ހިދުމަތް މިހާރު ލިބޭނެ،" ފިރުޝާން ވިދާޅުވި އެވެ.

އަޔާދީ ތަކާފުލްގެ "ހައްޖު އުމްރާ ތަކާފުލް" އަކީ ހައްޖަށް ނުވަތަ އުމްރާއަށް ދާ ފަރާތްތަކަށް ދަތުރުމަތީގައި ލިބޭ ގެއްލުންތަކަށް ބަދަލު ހޯދައިދޭ ޕެކޭޖެކެވެ. އެގޮތުން އެ ޕެކޭޖުގެ ދަށުން އެއްލައްކަ ރުފިޔާއާ ހަމައަށް ބަދަލު ލިބޭނެ އެވެ.

އެ ޕެކޭޖުގެ ދަށުން ބަދަލު ލިބޭނީ ބަލިމަޑުކަމެއް ނުވަތަ އެކްސިޑެންޓެއް ދިމާވުމާއި، ޕާސްޕޯޓު ނުވަތަ ލަަގެޖު ގެއްލުމުގެ އިތުރުން ދިމާވެދާނެ ހާދިސާއެއްގެ ސަބަބުން އެހެން ފަރާތަކަށް މާލީ ބަދަލު ދޭން ޖެހިއްޖެ ފަދަ ހާލަތެއް ދިމާވެއްޖެ ނަމައެވެ.

comment ކޮމެންޓް