ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެސްޓީއޯގެ ފަރާތުން ރޯދަ ހަދިޔާ ދީފި

އެސްޓީއޯގެ ފަރާތުން ދޭ ރޯދަ ހަދިޔާތައް ޚާއްސަ އެހީއަށް ބޭނުންވާ މީޙުންގެ މަރުކަޒާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެސްޓީއޯ

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެސްޓީއޯގެ ފަރާތުން ރޯދަހަދިޔާ ހަވާލުކޮށްފިއެވެ.

އެތަކެތި ހަވާލު ކުރީ އިއްޔެ އެސްޓީއޯ ގްރޫޕް ކުންފުނިތަކުގެ އިސްވެރިންގެ ޓީމެއް ގުރައިދުއަށް ވަޑައިގެން އެ ސެންޓަރުގައި ތިބި ބަލިމީހުންގެ ހާލު ބެއްލެވުމަށްފަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރޯދަ ހަދިޔާތަކާ އެ ސެންޓަރުގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ސެންޓަރުގެ ސީއީއޯ އަހުމަދު ލިއުޝާނެވެ.

އެ ސެންޓަރަށް ރޯދަ ހަދިޔާ ހަވާލުކުރީ އެސްޓީއޯގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ ސީއެސްއާރު ހަރަކާތެއްގެ ގޮތުގައެވެ. ސީއެސްއާރު ހަރަކާތްތަކުގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގައިވެސް އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ސުޕަރމާޓުން ވިއްކާ ތަފާތު އައިޓަމްތައް ވަނީ އެ ސެންޓަރާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް