މެންޗެސްޓާގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން 19 މީހުން މަރުވެއްޖެ

މެންޗެސްޓާ (މޭ 23): އިނގިރޭސިވިލާތުގެ އުތުރުގެ ސިޓީއެއްކަމަށްވާ މެންޓެސްޓާގެ ބައްދަލުވުންތައް ބާއްވާ ހޯލެއްކަމަށްވާ މެންޗެސްޓާ އެރީނާގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން 19 މީހުން މަރުވެ 50 މީހުން ޒަޚަމްވެއްޖެއެވެ.

މެންޗެސްޓާ ފުލުހުން ބުނާގޮތުން މިއީ ޓެރަރިސްޓް ހަމަލާއެކެވެ. މި ހޯލްގެ ތެރޭން ގޮތްނޭނގޭ ދެ އެއްޗެއްވެސް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މަންޒަރު ދުށްމީހުން ބުނާގޮތުން ބޮން ގޮއްވާލާފައިވަނީ މެންޗެސްޓާ އެރީނާގެ ބޭރުގައެވެ. ނަމަވެސް ފުލުހުންވަނީ އެތަނުގެ އެތެރޭގައިވެސް ދެ އެއްޗެއް ގޮވިކަން ކަށަވަރުކޮށްދީފައެވެ. ބީބީސީ ބުނާގޮތުން މެންޗެސްޓާގެ ފުލުހުން މިހާދިސާއާމެދު ބަލަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ.

މިއާއެކު ފުލުހުންގެ ތެރޭގައި ހިމެނޭ ގޮވާތަކެއްޗާބެހޭ ތަޖްރިބާކާރުން ގެންދަނީ އެރީނާގެ ހޯލްގައި ގޮއްވާލާފައިވާކަމަށް ބެލެވޭ ދެ އެތީގެ ތަހްލީލްތައް ކުރަމުންނެވެ. މި ތަހްލީލްތަކުން އެ ގޮވުމުގައި ބޭނުންކޮށްފައިވާ ބާވަތުގެ ކެމިކަލްއާއި އޭގެ ބާރު ދެނެގަނެވޭނެއެވެ. މިއީ މިފަހަކަށް އައިސް މެންޗެސްޓާގައި ހިނގި މިބާވަތުގެ އެންމެ ނުރައްކާތެރި ހާދިސާކަމަށް ފުލުހުން ސިފަކުރެއެވެ.

މި ހާދިސާ އާ ގުޅިގެން މެންޗެސްޓާގެ އެންމެބޮޑު ރޭލްވޭ ސްޓޭޝަންކަމަށްވާ ވިކްޓޯރިޔާ ސްޓޭޝަންވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ. ވިކްޓޯރިޔާ ސްޓޭޝަން ހުންނަނީ މެންޗެސްޓާ އެރީނާގެ މަތީގައެވެ. (ބީބީސީ)

comment ކޮމެންޓް