ރައީސް މާލެ ވަޑައިގެންފި

ރައީސް ޔާމީން --

މި މަހުގެ 21 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވި "ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް"ގައި ބައިވެރިވެވަޑައިގެންނެވުމަށް ޓަކައި ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހެނދުނު އެނބުރި މާލެ ވަޑައިގެންފި އެވެ.

"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް"ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މިކުރެއްވި ދަތުރުފުޅުގައި އިއްޔެ އެމަނިކުފާނުވަނީ އަލަށް ގާއިމުކުރި ގްލޯބަލް ސެންޓާ ފޯ ކޮމްބެޓިންގް އެކްސްޓްރީމިސްޓް އައިޑިއޮލޮޖީ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އޭގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީއަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވި އެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމް އާއި، މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރު ޑރ. މުޙައްމަދު ޝައިނީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް