އީމެއިލް މެދުވެރިކޮށް އަލީ ޚާލިދު ވަނީ އަބުރުގެ މައްސަލަ ސަމާލުކަމަށް ގެނެސްފައި: މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލްގެ ބައެއް މެމްބަރުން -- ފޮޓޯ: އެމްއެމްސީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދީދީގެ އަބުރާ ބެހުނު ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކުގެ ލިސްޓަކާއެކު އީމެއިލް މެދުވެރިކޮށް އެކަން މީޑިއާ ކައުންސިލްގެ ސަމާލުކަމަށް ރައީސް އޮފީހުގެ ކުރީގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު އަލީ ޚާލިދު ގެނައި ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މީޑީއާ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަން "ސަން" އަށް ވިދާޅުވީ އީމެއިލުން އަލީ ޚާލިދު ޝަކުވާ ހުށަހެޅުއްވުމުން އެ މައްސަލަތައް ބަލަން ފެށީ ކަމަށެވެ.

މުއީދު ވިދާޅުވީ ކަން ހިނގައިދިޔަގޮތް މީޑިއާތަކަށް އޮޅުނީ ކަމަށާއި ކޮންމެ ގޮތަކަށް މީޑިއާ ކައުންސިލްގެ ސަމާލުކަމަށް މައްސަލައެއް އަޔަސް އެ ކައުންސިލުން މައްސަލަ ބަލާނެ ކަމަށެވެ. ނަމަވެސް އަލީ ޚާލިދު ސަން އަށް ވިދާޅުވީ ނޫސްތަކުގައި ލިޔެފައިވާ ބައެއް ލިޔުންތަކުގެ ލިންކުތައް އޭނާ މީޑިއާ ކައުންސިލަށް މެއިލް ކުރި ކަމަށާއި އެ މެއިލްގައި އެއްވެސް އެއްޗެއް ލިޔެފައިނުވާނެ ކަށެވެ.

މީޑިއާ ކައުންސިލުން ނެރުނު ދެންނެވުމެއްގައި ވަނީ އެފަދަ މައްސަލައެއް ރައީސް އޮފީހުން ހުށަނާޅާ ކަމަށް އެ އޮފީހުން އަންގާފައިވާ ކަމަށެވެ.

comment ކޮމެންޓް