ހުކުމްތަކުގެ މަފްހޫމް ނޯޅޭގޮތަށް މީޑިއާތަކުން ރިޕޯޓް ކުރުމަށް އިލްތިމާސްކޮށްފި

ސްޕްރީމް ކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތަކާއި ނިންމުންތައް މީޑިއާ އިން ރިޕޯޓްކުރުމުގައި، ހުކުމްތަކާއި ނިންމުންތަކުގެ މަފްހޫމް އޮޅޭގޮތަށް ރިޕޯޓް ނުކުރުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ސާވިސް ކޮމިޝަން (ޑީޖޭއޭ) އިން އިލްތިމާސްކޮށްފިއެވެ.

ޑީޖޭއޭ އިން މިރޭ ނެރުނު އާންމު ސިޓީއެއްގައި ވަނީ ހުކުމްތަކާއި ނިންމުންތަކުގެ ރޫޙަށް ބަދަލު އަންނަ ގޮތަށް ރިޕޯޓްނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މީޑިއާގެ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އެފަދަ ލިޔުންތަކުގެ ސުރުހީތައް ވެސް ހުކުމުގެ މަފްހޫމު ނޯޅޭގޮތަށް ލިޔުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހުކުމްތަކާ ގުޅޭ ލިޔުންތަކުގެ ކޮންޓެންޓް ތައްޔާރުކުރުމުގައި، ހުކުމް ނުވަތަ ނިންމުމުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބަދަލު ނާންނާނޭގޮތެއްގެ މަތިން ކޮންޓެންޓް ތައްޔާރުކުރުމަށާއި، ހުކުމްތަކާއި ނިންމުންތައް ފުރިހަމައަށް ރިޕޯޓްކުރުމަށް ވެސް ޑީޖޭއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް