ވެމްކޯގެ ޗެއާމަނަކަށް ބޭފުޅަކު އައްޔަން ކޮށްފި

13 ފެބްރުއަރީ 2017: ކުނި އުކާލަން ހާއްސަ ކޮއްގެން ވެމްކޯ އިން ގެނައި ވެހިކަލްތައް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއާމަން އަކަށް މއ. މެމޯސާ، އަހްމަދު ސިރާޖް އައްޔަން ކޮށްފި އެވެ.

އެ މަގާމަށް ސިރާޖު އައްޔަން ކުރި ކަން އިއުލާނު ކުރެއްވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ވެމްކޯގެ ޗެއާމަންގެ މަގާމުގައި ކުރިން ހުންނެވީ އަލީ ޚާލިދެވެ. އޭނާ އެ މަގާމުން ވަކި ކުރައްވާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ޚާލިދު އެ މަގާމުން ވަކި ކުރި ދުވަހު ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފުއާދު ވެސް ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް