267 ޓީމްގެ ތެރެއިން ބްރެޒިލަށް ދާން ފުރުޞަތު ލިބުނީ ކުލަބް ޓީނޭޖަށް

ނޭމަރ ޖޫނިއަރ ރެޑްބުލް ވިނިންގ ފައިވްގެ ޗެމްޕިއަން ކްލަބް ޓީންއޭޖް--ފޮޓޯ ޝޯސަލް މީޑިޔާ

ނޭމަރ ޖޫނިއަރ ރެޑްބުލް ވިނިންގ ފައިވްގެ ޗެމްޕިއަންކަން ހޯދައި، ބްރެޒިލަށް ދިއުމުގެ ފުރުސަތު ކްލަބް ޓީނޭޖަށް ލިބިއްޖެއެވެ.

ނޭމަރ ޖޫނިއަރ ރެޑްބުލް ވިނިންގ ފައިވްގެ ކޮލިފިކޭޝަން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާއިރު ކޮންމެ ގައުމަކުންވެސް ކޮލިފައިވާ ޓީމަށް ބްރެޒިލްގައި އޮންނަ ނޭމަރ ޖޫނިއަރ ވިނިންގ ފައިވްގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަ ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ކްލަބް ޓީނޭޖަށް އެ މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ލިބިފައިވަނީ އިއްޔެ ހަވީރު ކުޅުނު، ރާއްޖޭގެ ކޮލިފިކޭޝަންގެ ފައިނަލްގައި ކުލަބް ޕީކޭ 2-0 ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ގޮތަށް 267 ޓީމް ވާދަކުރި އެ މުބާރާތް ރާއްޖޭގެ 12 ސަރަހައްދެއްގައިވަނީ ކުރިއަށް ގެންގޮސްފައެވެ.

ބްރެޒިލްގައި އޮންނަ މުބާރާތުގެ ހުރިހާ ކަމެއްވެސް ބަލަހައްޓާނީ އަދި ހަމަޖައްސާނީވެސް ރެޑްބުލްއިންނެވެ.

ނޭމަރ ޖޫނިއަރ ވިނިންގ ފައިވްގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ކުލަބް ޓީނޭޖް ބްރެޒިލަށް ދާނީ އަންނަ ޖުލައިމަހުގެ 2 ވަނަ ދުވަހުއެވެ.

comment ކޮމެންޓް