ގެއްލުނު ކޮޅުވެއްޓި ފެނިއްޖެ، އެންމެން ތިބީ ސަލާމަތުން

ގެއްލިގެން ހޯދަމުން އަންނަ މާރިއާ 3 ކޮޅުވެއްޓި --- ފޮޓޯ/ ސޯޝަލް މީޑިއާ

ހަ މީހުންނާއެކު ގެއްލިގެން ހޯދަމުންދިޔަ ކޮޅުވެއްޓި ފެނިއްޖެ އެވެ.

"މާރިއާ-3" ނަމަކަށް ކިޔާ ކޮޅުވެއްޓި ލ. އިސްދޫމުލީ 130 ނޮޓިކަލް މޭލު ބޭރުން ފެނުނުއިރު، އޭގައި ތިބި ހަ މީހުން ވެސް ތިބީ ގަދަވެ، ސަލާމަތުންނެވެ.

އެމްއެންޑީއެފުން ބުނީ އެ އުޅަނދު ފެނިފައި ވަނީ، އެމްއެންޑީއެފާ އެކު އުޅަނދު ހޯދުމުގެ އޮޕަރޭޝަނުގައި އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ، އަވައްޓެރި އިންޑިއާ ސިފައިންގެ އެއާކްރަފްޓަށް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ "މާރިއާ-3"ގެ ކޮޅުވެއްޓީގެ ކައިރީގައި އެމްއެންޑީއެފްގެ މަނަވަރެއް ހަރަކާތްތެރިވަމުންދާ ކަމަށާއި އެ އުޅަނދު އޮތް ސަރަހައްދުގެ މޫސުން ވަރަށް ގޯސް ކަމަށް

ކޮޅުވެއްޓި ހޯދުމުގެ އޮޕަރޭޝަންގައި އިންޑިއާ ސިފައިންގެ ކަނޑުމަތީގެ އުޅަނދަކާއި ޓީއެމްއޭގެ ސީޕްލޭނަކާއި އެމްއެންޑީއެފްގެ ހެލިކޮޕްޓަރެއް ވެސް ހަރަކާތެރިވި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ކޮޅުވެއްޓި ގެއްލެން މެދުވެރިވީ އެ އުޅަނދުގެ ކޮޅުގައި ހުރަހަށް ޖަހާފައިވާ ދަގަނޑު ފިލާގަނޑު، އެލިފައި އޮތުމުގެ ސަބަބުން ބޭނުންވާ މިސްރާބަށް ދަތުރު ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެގެން ކަމަށެވެ.

ކޮޅުވެއްޓި ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، އެ ކޮޅުވެއްޓީގެ ހަބަރެއް އެންމެފަހުން ވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ 9:30 ހާއިރު އެވެ.

ތިން ދުވަސް ފަހުން އެ އުޅަނދު ފެނުނުއިރު، ސިފައިން ވަނީ ކޮޅުވެއްޓި ހޯދުމަށް 10800 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފަ އެވެ.

comment ކޮމެންޓް