ރަށް ކުނިކެހި ފައިސާ ހޯދަން އިސްދޫ ކަލައިދޫ އަންހެންވެރިން ކައުންސިލު އިދާރާ ކައިރިއަށް އެއްވެޖެ

ރަށް ކުނި ކެހި ފައިސާ ނުދީގެން ކަމަށް ބުނެ ލ. އިސްދޫ ކަލައިދޫ އަވަށުގެ އަންހެންވެރިން ރަށު ކައުންސިލުގެ އިދާރާއަށް އެއްވެ މިއަދު ނުރުހުން ފާޅުކޮށްފި އެވެ.

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީމް މިއަދު ވިދާޅުވީ އިސްދޫކަލައިދޫގެ އަންހެނުންތަކެއް ކައުންސިލްގެ އިދާރާއަށް މިއަދު ހެނދުނު އެއްވީ 2007 ވަނަ އަހަރު ކަލައިދޫ އަވަށުގެ ކުނި ކަހައިގެން އެ މީހުންނަށް ލިބެންޖެހޭ ފައިސާ ނުލިބިވާ ކަމަށްބުނެ އެ ފައިސާ ހޯދުމަށް ކަމަށެވެ.

"ކުރިން ކަތީބުންގެ ދުވަސްވަރު މަގު ކުނި ކެހި ފައިސާ އެމީހުންނަށް ނުދޭކަމަށް ބުނަނީ. އެއް އަހަރު ދުވަހުގެ ފައިސާ ހޯދަން އެމީހުން އެއްވީ،" ހަލީމް ވިދާޅުވި އެވެ.

އިސްދޫކަލައިދޫގެ އަންހެނުންގެ ޝަކުވާތަކާއި ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކިހާ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ. ކައުންސިލް އިދާރާއަށް މިއަދު އެއްވި އަންހެނުންގެ އަދަދު ވަނީ ސާފުވާގޮތްނުވެފަ އެވެ.

ފައިސާ ހޯދަމް ނުރުހުން ފާޅުކުރި އަންހެންވެރިން މިހާރު ވަނީ އެނބުރި ގެއަށް ގޮސްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު