ގައުމުތަކުގެ ސަލާމަތާ ބެހޭ ބައްދަލުވުމަކަށް ޑިފެންސް މިނިސްޓަރު އެމެރިކާއަށް

ސިފައިންގެ 125ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް (މ) ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ހަވާއީއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، މިނިސްޓަރު އެމެރިކާއަށް މިއަދު ފެއްޓެވި ދަތުރުފުޅަކީ ގައުމުތަކުގެ ޑިފެންސް މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުންނަށް ކުރިއަށްގެންދާ "ޓްރާންސްނޭޝަނަލް ސެކިއުރިޓީ ކޯޕަރޭޝަން" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެ ޕްރޮގްރާމް އޮންނާނީ ހަވާއީގެ ހޮނުލުލޫގައި ހުންނަ ޔޫއެސް ޑިޕާޓްމަންޓް އޮފް ޑިފެންސް އިންސްޓިޓިއުޓް އިން ހިންގާ އޭޝިއާ ޕެސިފިކް ސެންޓަރު ފޯ ސެކިއުރިޓީ ސްޓަޑީޒް (އޭޕީސީއެސްއެސް)ގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

އެމެރިކާއަށް ފުރާވަޑައިގެންނެވުމަށް ޑިފެންސް މިނިސްޓަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އަލްވަދާއު ދެންނެވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަހުމަދު ޝިޔާމެވެ.

comment ކޮމެންޓް