އެފްއެންޑްބީ ޝޯގައި ތަފާތު ރަހަތަކުން ހިތް ފުރާލެވޭނެ!

18 މެއި 2017: އެފްއެންޑްބީ ޝޯ: އެފްއެންޑްބީ ޝޯގައި ރާއްޖޭގައި ފުޑް އެންޑް ބެވެރޭޖްގެ ވިޔަފާރިކުރާ ގިނަ ކުންފުނިތަކަކުން ދަނީ ބައިވެރިވަމުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހައިރައިޒުން އިއްޔެ ފެށި އެފްއެންޑްބީ ޝޯއަކީ މިފަދައިން ރާއްޖޭގައި ބާއްވާ ހަމައެކަނި މައުރަޒެވެ. ގާތްގަނޑަކަށް 15 ކުންފުންޏަކުން ރާއްޖޭގައި ގެންގުޅޭ ތަފާތު ކާބޯތަކެތީގެ ޕްރޮޑަކްޓްތައް މި މައުރަޒުގައި ބަހައްޓާފައިވާ އިރު، ގިނަ އަދަދެއްގެ ކާބޯތަކެތި ރަހަ ބަލައި ހެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

އެފްއެންޑްބީ ޝޯގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު ކުންފުނިތަކާއި، ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ބައެއް ކުންފުނިތައް ހިމެނެއެވެ.

އެގޮތުން، ލޮޓަސް ފިހާރައަކީ ފާހަގަކޮށްލެވޭ އެއް އެގްޒިބިޓަރެވެ. ލޮޓަސް ފިހާރައިން ރާއްޖޭގައި ޑިސްޓްރިބިއުޓުކުރާ އެންމެ މަގުބޫލު އެއް ޕްރޮޑަކްޓަކީ ތުރުކީގެ ބިސްކޮލާޓާއެވެ. ބިސްކޮލާޓާގެ ގިނަ ޕްރޮޑަކްޓްތަކެއް ލޮޓަސް ފިހާރައިން އެފްއެންޑްބީ ޝޯގައި ޝޯކޭސް ކުރާ އިރު، ބިސްކޮލާޓާއާއި ބައެއް އެހެން ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތައްވެސް އެތަނުގައި ވިއްކުމަށް ބަހައްޓާފައި ހުރެއެވެ.

18 މެއި 2017: އެފްއެންޑްބީ ޝޯ: އެފްއެންޑްބީ ޝޯގައި ރާއްޖޭގައި ފުޑް އެންޑް ބެވެރޭޖްގެ ވިޔަފާރިކުރާ ގިނަ ކުންފުނިތަކަކުން ދަނީ ބައިވެރިވަމުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސޯޝަލް މީޑިއާއާއި ޓީވީގެ އިޝްތިހާރުތަކުންވެސް ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ބިސްކޮލާޓާ ޕްރޮޑަކްޓްތަކުގެ އިތުރުން، ލޮޓަސް ފިހާރައިން ރާއްޖޭގައި ގެންގުޅޭ ޕްރޮޑަކްޓް ރޭންޖުގެ ތެރެއިން ފުޑް އެންޑް ބެވެރޭޖްގެ އެހެނިހެން ޕްރޮޑަކްޓްސްވެސް އެފްއެންޑްބީ ޝޯގައި ހުރެއެވެ. އޭގެ ތެރެއިން ކެވިންސް މިލްކް، ނޮސިއްލާ އަދި ފްރަޕެއްލާ ޗޮކްލެޓް ސްޕްރެޑް، އަދި ޗޮކޮލަޓޯޒް ވެފަރ ރޯލްސްވެސް ހިމެނެއެވެ.

މީގެ އިތުރުން މިހާރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ބުއިން، "ދަ ބެރީ ކޮމްޕެނީ"ގެ ބެރީ ޖޫސްތަކާއި ސައިވެސް އެފްއެންޑްބީ ޝޯގައި ހުރެއެވެ.

އިނގިރޭސި ވިލާތުގެ "ދަ ބެރީ ކޮމްޕެނީ"ގެ ނުވަ ޕްރޮޑަކްޓެއް އެފްއެންޑްބީ ޝޯގައި ދަނީ ޝޯކޭސް ކުރަމުންނެވެ. އެއީ ވައިޓް ޓީ، ގްރީން ޓީ އަދި ހަތް ބާވަތެއްގެ ބެރީ ޖޫހެވެ.

18 މެއި 2017: އެފްއެންޑްބީ ޝޯ: އެފްއެންޑްބީ ޝޯގައި ރާއްޖޭގައި ފުޑް އެންޑް ބެވެރޭޖްގެ ވިޔަފާރިކުރާ ގިނަ ކުންފުނިތަކަކުން ދަނީ ބައިވެރިވަމުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އާޓިފިޝަލް އެއްވެސް މާއްދާއެއް އަދި ހަކުރު ނުހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ދަ ބެރީ ކޮމްޕެނީގެ ޖޫސްތަކާއި ސައި، ދެ ސައިޒެއްގެ ޕެކެޓުގައި ލިބެއެވެ. އެއީ އެއް ލީޓަރާއި، 330 މިލިލީޓަރުގެ ޕެކެޓުގައެވެ.

އާ ޕްރޮޑަކްޓްތަކުގެ އިތުރުން، ރާއްޖޭގެ މާކެޓުގައި ގިނަ ދުވަސް ވަންދެން ގާއިމުވެފައި ހުރި ބައެއް ޕްރޮޑަކްޓްތަކާއި ކުންފުނިތަކުންވެސް އެފްއެންޑްބީ ޝޯގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެހީންގެ މެދުގައި މަގުބޫލު ކޮފީ "ލަވާޒާ"އާ އެކު ޔޫރޯ ސްޓޯރާއި، މެގީ ނޫޑްލްސްއާ އެކު ލިލީ އިންޓަނޭޝަނަލް، އަދި މަޝްހޫރު އައިސްކްރީމް ބްރޭންޑް މޫވެންޕިކް ވެސް އެފްއެންޑްބީ ޝޯގައި ބައިވެރިވެއެވެ.

18 މެއި 2017: އެފްއެންޑްބީ ޝޯ: އެފްއެންޑްބީ ޝޯގައި ރާއްޖޭގައި ފުޑް އެންޑް ބެވެރޭޖްގެ ވިޔަފާރިކުރާ ގިނަ ކުންފުނިތަކަކުން ދަނީ ބައިވެރިވަމުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހައިރައިޒުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ އެފްއެންޑްބީ ޝޯ މިއަދާއި މާދަމާވެސް ނޭޝަނަލް އާޓް ގެލެރީގައި ކުރިޔަށް ދާނެއެވެ. މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ރެއަކުވެސް ގުރުއަތު ނަގައި، އަގުހުރި އިނާމުތަކެއް ދެއެވެ.

comment ކޮމެންޓް