ވޯލްޑް ޓްރެވަލް މާކެޓް ކަނެކްޓްގައި މަޓާޓޯ ބައިވެރިވެއްޖެ

ޑަބްލިއުޓީއެމް ކަނެކްޓް އޭޝިއާގައި ދިވެހި ކުންފުނިތައް --- ފޮޓޯ/ މަޓާޓޯ

މެލޭޝިއާގައި މިހާރު ކުރިޔަށްދާ ވޯލްޑް ޓްރެވަލް މާކެޓް ކަނެކްޓްގައި މަޓާޓޯ އިސްވެ ހުރެ، ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މެލޭޝިއާގެ ޕެނަންގްގައި މިއަދު ފަށާފައިވަނީ ވޯލްޑް ޓްރެވަލް މާކެޓް ކަނެކްޓް އޭޝިއާ ސްޕެޝަލް އެޑިޝަނެވެ. ކަނެކްޓަކީ ވިޔަފާރިތަކަށް ދައުވަތު ދީގެން، އެގްޒިބިޓަރުންނާ ވަން-ޓު-ވަން ބައްދަލުވުންތައް ބާއްވައި، ނެޓްވޯކް ކުރުމުގެ ފުރުސަތުދޭ ޕްލެޓްފޯމެކެވެ.

ކަނެކްޓް އޭޝިއާގައި ޗައިނާ، އިރުމަތީ އޭޝިއާ އަދި ބައިނަލްއަގުވާމީ އެހެނިހެން ކުންފުނިތަކުން ބައިވެރިވެއެވެ.

އެ ފެއާގައި މަޓާޓޯއާ އެކު ރާއްޖޭގެ ހަ ކުންފުންޏަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ސަން ސިޔާމް ގްރޫޕު، ވިލާ ހޮޓެލްސް އަދި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްވެސް ހިމެނެއެވެ.

މިއީ މިއަހަރު މަޓާޓޯއިން ބައިވެރިވާ، ފަތުރުވެރިކަމުގެ ހަތަރުވަނަ ބައިނަލްއަގުވާމީ ހަރަކާތެވެ. އެޖަމިއްޔާއިން ބުނާ ގޮތުގައި ޑަބްލިއުޓީއެމް ކަނެކްޓް އޭޝިއާގައި ބައިވެރިވާ ދިވެހި ކުންފުނިތަކަށް، ޝައުގުވެރިވާ ބޭރުގެ ފަރާތްތަކާ ބައްދަލުވެ، ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ

ޑަބްލިއުޓީއެމް ކަނެކްޓް، މާދަމާގެ ނިޔަލަށް މެލޭޝިއާގެ ޕެނަންގްގައި ކުރިޔަށް ދާނެއެވެ.

comment ކޮމެންޓް