ހައިރައިޒްގެ ކާބޯތަކެތީގެ މައުރަޒު، 15 ކުންފުންޏަކާއެކު އާޓްގެލެރީގައި ފަށައިފި

ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖެސް ޝޯ (އެފްއެންބީ ޝޯ)ގެ މިއަހަރުގެ މައުރަޒުގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖެސް ޝޯ (އެފްއެންބީ ޝޯ)ގެ މިއަހަރުގެ މައުރަޒު، 15 ކުންފުންޏާ އެކު މިއަދު އާޓްގެލެރީގައި ފަށައިފިއެވެ.

އެފްއެންބީ ޝޯ އަކީ ހަމަ އެކަނި ކާބޯތަކެތީގެ ބާވަތްތައް ޝޯކޭސް ކުރާ ޝޯއެކެވެ. އެ ޝޯގެ ފުރަތަމަ މައުރަޒު ބޭއްވީ މިދިޔަ އަހަރު އެވެ.

ޝޯގައި ބައިވެރިވާ ފަރާތްތައް:

  1. ހޮބްސަންސް ޗޮއިސް
  2. ފޭންސީ ފުޑްސް
  3. ފުޑް ހަބް
  4. ސްޓެލްކޯ ފެން
  5. ޔޫރޯ ސްޓޯރ
  6. ކެފޭ ޑި އިޓާލިއާ
  7. ދަ ބެރީ ކޮމްޕެނީ
  8. ޑައިން
  9. ލިލީ އިންޓަނޭޝަނަލް
  10. އޮންދިގޯ
  11. ވީއެޗް ހޯލްޑިނގްސް - މޫވެންޕިކް
  12. ލޮޓަސް
  13. ޑިވައިން
  14. ޔުނައިޓެޑް ފުޑް ސަޕްލަޔާސް
  15. ކޮކާކޯލާ

ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖެސް ޝޯ (އެފްއެންބީ ޝޯ)ގެ މިއަހަރުގެ މައުރަޒުގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިއަހަރުގެ ޝޯ 15 ކުންފުންޏަކާ އެކު ފަށާފައިވާއިރު، ހައިރައިޒްގެ ފައުންޑާ، އިސްމާއިލް ހަމީދު (ހައިރައިސް އިއްސެ) ވިދާޅުވީ މިއަހަރުގެ ޝޯ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ތަފާތު ވާނެ ކަމަށެވެ. އެގޮތުން މައުރަޒު އޮންނަ ތިން ދުވަސްތެރޭގައި ކޮންމެ ދުވަހަކު ދޭ ޑެއިލީ އިނާމުތަކަކާއި ވިޒިޓް އެންޑް ވިން އައި އެކްސްޕީރިއެންސް އެންޑި ވިން ފަދަ ޕްރޮމޯޝަންތައްވެސް މައުރަޒުގެ ތެރެއިން ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖެސް ޝޯ (އެފްއެންބީ ޝޯ)ގެ މިއަހަރުގެ މައުރަޒުގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޝޯ އޮންނާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އާޓްގެލެރީގައެވެ.

"މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ ޝޯގައި އިތުރު ބްރޭންޑުތަކާއި ގިނަ ޕްރޮޑަކްޓުތަކެއް ދައްކާލާނެ. އަދި ރާއްޖެއިން މިވަގުތު ލިބެން ހުރި އެންމެ މޮޅު އައިސް ކްރީމްގެ ބާވަތްތައްވެސް ދައްކާލާނެ،" އިއްސެ ވިދާޅުވިއެވެ.

އެފްއެންބީ ޝޯގެ މިއަހަރުގެ މައުރަޒުގެ މެއިން ސްޕޮންސަރަކީ ލިލީ އިންޓަނޭޝަނަލް އެވެ. ކޯ ސްޕޮންސަރުންނަކީ އޮންދިގޯ މޯލްޑިވްސް އާއި ލޮޓަސް ފިހާރައެވެ.

ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖެސް ޝޯ (އެފްއެންބީ ޝޯ)ގެ މިއަހަރުގެ މައުރަޒުގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އިވެންޓުގެ އޮފިޝަލް ޕަބްލިކޭޝަން ޕާޓްނަރަކީ ޑައިން މެގަޒިނެވެ. ސައުންޑް އެންޑް ލައިޓް ޕާޓްނަރަކީ ސްޓޭޖްކޯ ކަމަށްވާ އިރު ބެވަރޭޖެސް ޕާޓްނަރަކީ ސްޓެކްލޯ އެވެ. އަދި މިދިޔަ އަހަރާއި މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ އެވެ.

comment ކޮމެންޓް