ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ހިނގައްޖެ

ކޯސްޓުގާޑުގެ އުޅަނދެއް ހަރަކާތްތެރިވަނީ--- ސަން ފައިލް ފޮޓޯ

އދ. އޮމަދޫއަށް ދަތުރު ކުރަމުންދިޔަ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއް އަލި ހުރަސް ކަނޑަށް އަޑިއަށް ގޮސްފި އެވެ.

އެ ދޯނި އަޑިއަށް ގޮސްފައިވާކަން އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ދޯނި އަޑިއަށް ދިޔައިރު އޭގައި 10 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ 10 މީހުން ކަނޑުވެފައި ތިއްބާ ލޯންޗަކުން ވަނީ އެ މީހުން ސަލާމަތްކޮށް، އދ. އޮމަދޫއަށް ގެންގޮސްފަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނިން ދަތުރު ކުރި މީހުން ކަނޑުވެފައި ތިއްބާ އެ ސަރަހައްދުން ދަތުރު ކުރި ފުލައިޓަށް ފެނިގެން ރިޕޯޓު ކުރި ކަމަށެވެ. ކޯސްޓުގާޑުން އެ ސަރަހައްދަށް ދިއުމުގެ ކުރިން ލޯންޗަކުން އެ މީހުން ސަލާމަތްކޮށްފައިވާ ކަމަށް އެންއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ދޯންޏަކީ 60 ފޫޓުގެ ދިގު ދޯންޏެއް ކަމަށާއި އެ ދޯނި އަޑިއަށްގޮސްފައި ވަނީ ކ. ރަންނާޅި ރިސޯޓް ގެ ހުޅަނގުން 10 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

comment ކޮމެންޓް