ގޫގުލް އެސިސްޓެންޓް އައިފޯނަށް

އިންޓަނެޓް ހޯދާ ބެލުމުގައި އެންމެ މަޤުބޫލު ސައިޓް ކަމަށްވާ ޤޫގުލް، އެ ކުންފުނީގެ މަސްނޫއީ ވިސްނުމުގެ ބާރު ލިބިގެންވާ އަދި އަޑު ބޭނުންކޮށްގެން އެހީވުމުގެ ޤާބިލުކަން ލިބިގެންވާ ވަސީލަތް ކަމަށްވާ، ގޫގުލް އެސިސްޓެންޓް ވާދަވެރި އައި ފޯންތަކަށް ތަޢާރަފްކޮށްފި އެވެ. ގޫގުލް އެސިސްޓެން މިހާރު ވެސް ގާތްގަނޑަކަށް 100 މިލިއަން އެންޑްރޮއިޑް ވަސީލަތްތަކުގައި ބޭނުންކުރެވެމުންދެއެވެ.

އެޕަލްގެ ފޯނުތަކުގައި މިހާރު ވެސް އެޕަލް ކުންފުނިން ތަޢާރަފްކޮށްފައިވާ ހަމަ މިފަދަ އެޕްއެއް ކަމަށްވާ، ސިރީ ބޭނުންކުރަމުން ގެންދެއެވެ. ނަމަވެސް ގޫގުލް އެސިސްޓެންޓް ބެލެވެނީ އެޕަލްގެ ސިރީއަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުމެއް ކުރިމަތި ކޮށްލެވިދާނެ ފަދަ އެޕެއްގެ ގޮތުގައެވެ. ނަމަވެސް ގޫގުލް އެސިސްޓެންޓަކީ، އެޕަލްގެ ސިރީއާއި އެއްގޮތަށް އެޕަލްގެ އޮޕަރޭޓިން ސިސްޓަމާއި ގުޅިފައިވާ އެއްޗަކަށް ނުވާތީ ގޮންޖެހިދާނެ ނިސްބަތަކާއި މެދު މިވަނީ ސުވާލު އުފެދިފަ އެވެ.

ގޫގުލްގެ އިޖާދުކުރުންތެރިންގެ މިއަހަރުގެ އަހަރީ ބައްދަލުވުމުގައި ގޫގުލްއެސިސްޓެންޓްގެ ނައިބު ރައީސް ކަމަށްވާ، ސްކޮޓް ހަފްމެން ވިދާޅުވުގޮތުގައި، ގޫގުލް އެސިސްޓެންޓަށް ވަނީ ކުރިއަށްވުރެ މުޢަސަލާތް ކުރުމުގެ ގޮތުން މާ ޤާބިލުކަން ލިބިފައެވެ. އޭގެ ސަބަބެއް ކަމުގައި އެބޭފުޅާ ވިދާޅުވީ ގޫގުލް އެސިސްޓެންޓަަށް މިހާރު އެކި ބަސް ބަސް ދަނެގަތުމުގެ ޤާބިލުކަން ލިބިފައިވުމެވެ. މީގެ އިތުރަށް އެބޭފުޅާ ވިދާޅުވި ގޮތުގައި ގޫގުލް އެސިސްޓެންޓްގައި އެހީވެ ދިނުމަށް އެދި އެކިމީހުން ކޮށްފައިވާ ސުވާލުތަކުގެ ގާތްގަނޑަކަށް 70 ޕަސެންޓު ސުވާލު ބިނާވެފައި ހުންނަނީ ހޯދުމުގައި އެހީވާ ފަދަ ހާއްސަ ބަސްތަކެއް އެކުލެވިގެންނުވާ ގުތުރަތީ ބަސްތަކަށް ކަމަށެވެ. އަދި ގޫގުލް އެސިސްޓެންޓަށް މިހާރު ފުންމާނަ އެކުލެވިގެންވާ ސުވާލުތައް ދެނެގަތުމުގެ ބާރު ލިބިފައިވުމުން، ގޫގުލް އެސިސްޓެންޓުން ލިބިގެންދާ ޖަވާބުތައްވެސް ފުރިހަމަ ވެގެންދާނެކަމަށެވެ. މީގެ އިތުރުން ގޫގުލް އިންވަނީ ގޫގުލް އެސިސްޓެންޓް ބޭނުން ކުރުމުގައި ލިޔުމުގެ ޤާބިލުކަން އަނބުރާ ގެންގޮސްފައެވެ.

މުސްތަޤުބަލުގައި ގޫގުލް އެސިސްޓެންޓް ބޭނުންކުރާ ފަރާތްތަކަށް ގޫގުލް ލެންސް އެޕް ބޭނުންކޮށްގެން ފެންނަ އެއްޗެއްސާ ބެހޭ ސުވާލުވެސް ކުރެވޭނެއެވެ. ކުރަންޖެހޭނެ ހަމަ އެކަނި ކަމަކީ ސްމާޓް ފޯންގެ ކެމެރާ ބޭނުންވާ އެއްޗަކާއި ދިމާކުރުމަށް ފަހު އެއެޗަކާއި ގުޅޭ ސުވާލެއްކޮށްލުމެވެ. ހަފްމޭން ވިދާޅުވިގޮތުގައި ގޫގުލް އެސިސްޓެންޓަށް އެ ފެންނަނީ ކޯޗެއްކަން ވަގުތުން އެނގިގެން ދާނެއެވެ. އަދި އެ ފެންނަ އެއްޗަކާއި ބެހޭގޮތުން ކޮށްލެވޭނެ ފަދަ ސުވާލުތަކެއްވެސް .ބޭނުންކުރާ ފަރާތައް ހުށަހަޅާލަ ދޭނެއެވެ.

މިހާތަނަށް ގޫގުލް އެސިސްޓެންޓަށް ތަޢާރަފް ކޮށްފައިވާ ބަސް ތަކުގެ ތެރޭގައި ފަރަންސޭސި ބަހާއި، ޖަރުމަނު ބަހާއި، .ބްރެޒިލް ބަހާއި، ޕޯޗުގީޒު ބަސް ހިމެނެއެވެ. މީގެ އިތުރަށްވެސް އެތައް ބަހެއް އެކުލެވިގެންވެއެވެ

މީގެ އިތުރަށް ގޫގުލް އެސިސްޓެންޓް މެދުވެރިކޮށް މިހާރު ވިޔަފާރިގެ މުޢާސަލާތްތައް ކުރެވިގެން ދާނެއެވެ. ނަތީޖާއަކަށް ވެގެން ދާނީ ގޫގުލް އެސިސްޓެންޓް އެޕް ހުޅުވާލައިގެން ހުރެ އެކިކަހަލަ ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފަސޭހަކަން ލިބިގެން ދިއުމެވެ. މިސާލަކަށް ގޫގުލް އެސިސްޓެންޓް ބޭނުންކުރާ ފަރާތްތަކަށް ކަމުދާ ރެސްޓޯރެންޓަކުން ކާއެއްޗެއްސަށް އޯޑަރު ދިނުމަށްފަހު ގޫގުލް އެސިސްޓެންޓް މެދުވެރިކޮށް ފައިސާ ދެއްކިދާނެއެވެ. މި ހިދުމަތް ރައްކާތެރި ކުރުމުގެ ގޮތުން ގޫގުލްއިން ވަނީ ވެރިފަރާތުގެ އިނގިލީގެ ނިޝާން ދެނެގަތުމުގެ ޤާބިލުކަން ގޫގުލް .އެސިސްޓެންޓުގައި ހިމަނާފައެވެ

ގޫގުލްއިން ހާމަކޮށްފައިވާ ގޮތުގައި، ގޫގުލްގެ ފޯން ކަމަށްވާ ޕިކްސެލްގެ އިތުރަށް އެެހެން ފޯން ތަކަށްވެސް ގޫގުލް އެސިސްޓެންޓް ތަޢާރަފް ކުރާނެއެވެ. އެގޮތުން އެންމެ ފުރަތަމައަށް ތަޢާރަފް ކުރުމަށް ނިންމާފައި ވަނީ ނެކްސަސް ފޯނު ތަކަށެވެ. ގޫގުލް އެސިސްޓެންޓުން މިހާރު ކަލަންޑަރުގައި ކުރަން ހަމަޖައްސާފައިވާ ކަންތައްތައް ބަލައި ޔަޤީންކުރުމާއި، ތިމާއާއި ކައިރީގައިވާ ރެސްޓޯރެންޓްތައް ދައްކައިދިނުމާއި، ގޫގުލް އެސިސްޓެންޓް ބޭނުންކުރާ ފަރާތާއި އެކުގައި ކުޅެހެދުމުގެ އިތުރަށް އެތައްކަމެއް ކުރެވިގެން ދާނެއެވެ.

comment ކޮމެންޓް