ސަމާލުވޭ! ފެން ބޮޑުވާވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފި

ރޭ ކުރި ވިއްސާރާގައި ނަޑެއްލާގައި ފެންބޮޑުވެފައި-- ސަން ފޮޓޯ ކިޔުންތެރިއެއް

މުޅި ރާއްޖެ އަށް މިއަދުގެ އެކި ވަގުތު ތަކުގައި ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޯލްޑިވްސް މީޓޮރޮލޮޖިކަލް ސާވިސް(މެޓް އޮފީސް)އިން ބުނެފި އެވެ.

މޯލްޑިވްސް މީޓުރޮލޮޖިކަލް ސާވިސްގެ ޑައިރެކްޓަރު މީޓުރޮލޮޖީ އަހުމަދު ރަޝީދު މިއަދު ވިދާޅުވީ، މިއަދު މުޅި ރާއްޖެއަށްވެސް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވިލާގަނޑުތައް އުތުރިގެ އަތޮޅުތަކަށް ކެހެމުން އަންނަ ކަމަށެވެ.

ރޭ ކުރި ވިއްސާރާގައި ނަޑެއްލާގައި ފެންބޮޑުވެފައި-- ސަން ފޮޓޯ ކިޔުންތެރިއެއް

ރަށްރަށުގައި ފެންބޮޑުވާވަރަށް ވާރޭ ވެހުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް 13 މެއިލާއި 23 މެއިލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ އިރު ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ވިލާގަނޑުގައި ވައިޖެހޭ ބާރުމިން 45 މެއިލަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ 7 މެއިލާ 17 މެއިލާ ދެމެދުގެ ބާރުމިނެއްގަ އެވެ.

ރޭ ކުރި ވިއްސާރާގައި ނަޑެއްލާގައި ފެންބޮޑުވެފައި-- ސަން ފޮޓޯ ކިޔުންތެރިއެއް

މާދަމާވެސް ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރާނެ ކަމަށާއި ނަމަވެސް މާދަމާ އިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވަމުން އަންނާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

ރޭ ކުރި ވިއްސާރާގައި ހިތަދޫއަށް ނަގޫ ރޯޅިއެއް އަރައި އެތައް ގެއަކަށް ގެއްލުންވި އިރު ނަޑެއްލާގައި ފެންބޮޑުވެ ގެތަކަށް ވަނީ ފެންވަދެފަ އެވެ.

comment ކޮމެންޓް