ސާބާ ޗެމްޕިއަންޝިޕް: ބަނގްލަދޭޝް ޓީމް މާލެ އަތުވެއްޖެ

ބަނގްލަދޭޝް ޓީމް މާލެއައުން--ފޮޓޯ/ ފޭސްބުކް

ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމްކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބާސްކެޓްބޯޅަ މުބާރާތް، ފަސް ވަނަ ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރާ ބަންގްލަދޭޝްޓީމް މިރޭ ރާއްޖެ އަތުވެއްޖެއެވެ.

ބަންގްލަދޭޝް ޓީމް ރާއްޖެ އައިސްފައިވަނީ މިރޭ 21:00 ކަންހާއިރުއެވެ.

ބަންގްލަދޭޝް ޓިމް ރާއްޖެ އައުމުން ސާބާ ޗެމްޕިއަންޝިޕް އިންތިޒާމްކުރާ ކޮމިޓީގެ އިސް މެމްބަރުންވަނީ އެ ޓީމަށް މަރުހަބާ ކިޔައިފައެވެ.

މުބާރާތުގައި ބަންގްލަދޭޝް ކުޅޭ ފުަރަތަމަ މެޗުގައި އެޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރުއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ޖުމުލަ ފަސް ޓީމެއް ވާދަކުރަން ހަމަޖެހިފައިވާއިރު މުބާރަތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

އެ މުބާރާތުގައި ބައިވެރިވެފައި ވަނީ އިންޑިއާ، ނޭޕާލް، ބަންގުލަދޭޝް، ސްރީލަންކާ އަދި ދިވެހިރާއްޖެ އެވެ.

comment ކޮމެންޓް