ފޭސް ފިލްޓަރާ އެކު، އިންސްޓަގްރަމް ސްނެޕްޗެޓަށްވެ ނިމިއްޖެ!

މަޝްހޫރު ސޯޝަލް ނެޓްވޯކް "ސްނެޕްޗެޓް"ގައި ހިމެނޭ ޚާއްސަ ފީޗާއެއް ކަމުގައިވާ "ފޭސް ފިލްޓާސް" އިންސްޓަގްރާމް ސްޓޯރީޒްއަށް ވެސް ތައާރަފުކޮށްފިއެވެ.

އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން ދިޔަ ސޯޝަލް މީޑިއާގެ މަގާމުން ފޮޓޯ ޝެއާރިންގް އެޕް އިންސްޓަގްރާމް ދުރުކުރީ ސްނެޕްޗެޓުންނެވެ. ސްނެޕްޗެޓުގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންގެ މެދުގައި އިތުރުވެގެން ދިއުމާ އެކު، އިންސްޓަގްރާމުން ވަނީ ސްނެޕްޗެޓު ފަދައިން "އިންސްޓަގްރާމް ސްޓޯރީޒް"ގެ ނަމުގައި ފީޗާއެއް ތައާރަފުކޮށްފައެވެ.

ސްނެޕްޗެޓުގައި އެންމެ މަގުބޫލު އެއް ފީޗާއަކީ، އޭގެން ޑިޓެކްޓްކުރާ މީހުންގެ މޫނުތަކަށް ޚާއްސަކޮށްގެން "ފޭސް ފިލްޓާސް" ބޭނުންކުރެވޭ ފީޗާއެވެ.

އެންމެ ފަހުން މި ފީޗާ މިވަނީ އިންސްޓަގްރާމުން ކޮޕީކޮށް، އިންސްޓަގްރާމް ސްޓޯރީޒް "ސްނެޕްޗެޓު"ގެ ފީޗާތަކުން މުޅިން ފުރާލައި ނިންމާފައެވެ.

މި ފީޗާގެ އިތުރުން، ސްނެޕްޗެޓުން އިންސްޕަޔާވެގެން އިންސްޓަގްރާމަށް "ރީވައިންޑް ވީޑިއޯ" ފީޗާއާއި، އިރޭޒަރ ފީޗާއެއްވެސް ވަނީ ތައާރަފު ކޮށްފައެވެ. އިންސްޓަގްރާމުގެ އެންމެ ފަހު ވާޝަން ކަމުގައިވާ ވާޝަން 10.16 އާ އެކު މި ފީޗާތައް ލިބޭނެއެވެ.

މި އަހަރުގެ ތެރޭގައި އިންސްޓަގްރާމް އެކުންފުންޏެއްގެ ދަށުން ހިންގާ ފޭސްބުކް އިންކޯޕަރޭޓެޑްގެ ދެ ސޯޝަލް ނެޓްވޯކް އެޕް، ފޭސްބުކް އަދި މެސެންޖަރއިންވެސް ވަނީ "ސްޓޯރީޒް" ފީޗާ ތައާރަފުކޮށްފައެވެ.

comment ކޮމެންޓް