ކާޑުގެ ބާވަތްތައް އެންމެ ބޮޑުކޮށް ވިއްކޭނެ އަގުތައް ކަނޑައަޅައިފި

ފޮޓޯ: އަފްރާހް

އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮ ކުރުމަށް ފަހު، އެތަކެތި ވިއްކަން ޖެހޭ އަގުތައް އާންމުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެސްޓީއޯ އިން ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށްފައިވުމާ ގުޅިގެން އެތަކެތި ވިއްކޭނެ އަގު ނުވަތަ ކޮންޓްރޯލް އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިއްކޭނެ އަގުތައް އެ އިއުލާނުގައި ވަނީ އާންމުކޮށްފަ އެވެ.

ޒޯން އެކެއް (ހއ، ހދ، ށ):

  • އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭން ކޮންޓްރޯލް އަގު: 7.78 ރުފިޔާ
  • ހަކުރު ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު: 7.82 ރުފިޔާ
  • އާދައިގެ ގޮދަން ފުށް ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު: 6.28 ރުފިޔާ

ޒޯން ދޭއް (ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ):

  • އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭން ކޮންޓްރޯލް އަގު: 7.58 ރުފިޔާ
  • ހަކުރު ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު: 7.62 ރުފިޔާ
  • އާދައިގެ ގޮދަން ފުށް ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު: 6.08 ރުފިޔާ

ޒޯން ތިނެއް (ލ، ގއ، ގދ، ޏ، ސ):

  • އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭން ކޮންޓްރޯލް އަގު: 7.97 ރުފިޔާ
  • ހަކުރު ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު: 8.01 ރުފިޔާ
  • އާދައިގެ ގޮދަން ފުށް ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގު: 6.47 ރުފިޔާ

އެމިނިސްޓްރީން ބުނި ގޮތުގައި ޒޯންތަކަށް ކޮންޓްރޯލް އަގު ކަނޑައަޅާފައި ވަނީ ނާލު އަދި އެހެނިހެން ހަރަދުތައް ހިމަނައިގެންނެވެ. އަދި މިއަދުން ފެށިގެން ކާޑުގެ ބާވަތްތައް ވިއްކަން ވާނީ މި އަގުތަކަށް ކަމަށާއި މި އަގަށް ވުރެ ބޮޑު އަގުގައި ކާޑު ވިއްކުމަކީ މަނާކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް