ގައްދޫގައި މަހަށް ގޮސް އުޅެނިކޮށް ގެނބިގެން ޒުވާނަކު މަރުވެއްޖެ

މަހަށް ގޮސް، ފީނަން އުޅުމުގެ ތެރޭގައި ގދ. ގައްދޫ ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ގައްދޫ ރުއްދަށުގޭ މުހަންމަދު އިބްރާހިމް،26، އެވެ.

ދާންދޫ ހޮސްޕިޓަލުގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ ޒުވާނާ އެ ހޮސްޕިޓަލަށް ގެނައީ މިއަދު މެންދުރު 2:15 އެހާއިރު ކަމަށެވެ. ގެނައިއިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ޑޮކްޓަރު ބައްލަވާފައި ވިދާޅުވި އޭނާ ވަނީ ހޮސްޕިޓަލަށް ގެނައުމުގެ 45 މިނެޓް ކުރިން ނިޔާވެފައޭ ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އޭނާ މަރުވެފައިވަނީ، ފުޅިނާޅާ ފުނަށް ފީނުމުގެ ތެރޭގައި ކަމަށެވެ. އަދި ވިދާޅުވީ އެންނަގަން ނުވަމީޓަރު ފުނަށް ފުޅިއެއް ބޭނުންކުރުމެއްނެތި އޭނާ ފީނާފައިވާ ކަމަށެވެ.

ދާންދޫ ސިއްހީ މަރުކަޒުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރު ހަށިގަނޑު ފޯވެގެން ވަރަށް ބޮޑަށް ހަރުވެފައި ވާކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު