ރޭގެ މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

މާލޭގެ މަގެއްގެ މަތީގައި ފުލުހުންގެ ވޭނެއް: ރޭ ހިންގި މާރާމާރީގައި ޒަހަމް ކޮށްލާފައިވަނީ 20 އަހަރުގެ ޒުވާނެއް ---

މާލޭގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލްގެ ޕާކިން އޭރިއާގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީގައި ޒަހަމްވެފައިވަނީ 20 އަހަރުގެ ޒުވާނެކެވެ. އޭނާއަށް ހަމަލާދިން ކަމަށް ވަނީ ވިލިމާލެއިން މާލެ އައިސް ފެރީ ޓާމިނަލުން ނުކުތް ތަނުންނެވެ.

ރޭ ގާތްގަނޑަކަށް 10:10 ކަންހާއިރު ހިންގި މާރާމާރީއަށް 24 ގަޑިއިރަށް ވުރެ ގިނަ އިރު ވެފައިވާއިރު، ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، އެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.

ރޭގެ މާރާމާރީގައި ޒަހަމްވި ޒުވާނާގެ ބުރަކަށީގެ ތިން ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު، އޭނާއަށް އައިޖީއެމްއެޗުން ވަނީ ފަރުވާ ދީފައެވެ. އައިޖީއެމްއެޗުން ބުނީ، އޭނާގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް އަދި ހޮސްޕިޓަލުން ދޫކޮށްލާފައި ނުވާ ކަމަށެވެ.

comment ކޮމެންޓް