ރެޑީމިކްސް ކޮންކްރީޓު ގަނެގެން ފަސް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު

އެސްޓީއޯއިން ރެޑީމިކްސް ކޮންކްރީޓު ތައްޔާރުކުރާ ސައިޓު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސްއިން ވިޔަފާރިކޮށް، ނުވަތަ ރެޑީމިކްސް ކޮންކްރީޓު ގަނެގެން އެއްލައްކަ ރުފިޔާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ލައްކަ ސާމާނު"ގެ ނަމުގައި ކުރިޔަށްދާ މި ޕްރޮމޯޝަން މިއަދު ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ ޖެނެރަލް މެނޭޖަރު އަބްދުލްވާހިދު މޫސާ ވިދާޅުވީ އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޚާއްސަ ކޫޕަނެއް ފުރައިގެން ކަމަށެވެ. ކޫޕަން ލިބޭނީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން 5،000 ރުފިޔާގެ ވިޔަފާރި، ނުވަތަ ކްރެޑިޓަށް 10،000 ރުފިޔާގެ މުދާ ނެގުމުންނެވެ. އަދި ރޭޑީމިކްސް ކޮންކްރީޓުގެ ކޮންމެ ކޮޑި މީޓަރަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރު އަބްދުލްވާހިދު މޫސާ މީޑިއާއަށް މައުލޫމަތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ވާހިދު ވިދާޅުވީ، ފަސް މަސް ދުވަހަށް ކުރިޔަށްދާ އެ ޕްރޮމޯޝަން ނިމުމުން ގުރުއަތުން ފަސް ނަސީބުވެރިއަކު ހޮވޭނެ ކަމަށާއި ކޮންމެ ނަސީބުވެރިއަކަށް އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސްއިން އެއްލައްކަ ރުފިޔާގެ މުދާ ލިބޭނެ ކަމަށެވެ.

"މުޅި ޕްރޮމޯޝަނުގެ އަގަކީ ބައި މިލިޔަން ރުފިޔާ،" ވާހިދު ވިދާޅުވި އެވެ.

އެސްޓީއޯ އިން ދޭންފެށި ރެޑީމިކްސް ކޮންކްރީޓުގެ ޚިދުމަތުގެ ފައިދާ ވަރަށް ބޮޑުކަމަށް ވާހިދު ވިދާޅުވި އެވެ. އެގޮތުން މާލޭގައި ކޮންޓްރެކްޓަރުންނަށް މަސައްކަތް ކުރުމުގެ ފަސޭހަތައް ލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

"މަގުތައް ބްލޮކުވުމާއި، ބަސްތާ ޖެހުމާއި ކައިރި ގެތަކަށް ދިމާވާ އުނދަގޫތަކަށް ހައްލު ލިބެމުން ދަނީ. އަދި ޕޮލިއުޝަނަށްވެސް ބޮޑު ހައްލެއް މި އޮޕަރޭޝަނުން ލިބިފައިވަނީ. އަޅުގަނޑުމެންނަށް ވަރަށް ޑިމާންޑު ބޮޑު،" ވާހިދު ވިދާޅުވި އެވެ.

comment ކޮމެންޓް