ބީޗް ގޭމްސް:
ސަރުކާރަށް ހަރަދު ކުރެވެން ނެތިގެން ބީޗް ގޭމްސް ފަސްކޮށްފި

ލަންކާ ކްރިކެޓް ކުޅުންތެރިޔާ ސަނަތު ޖަޔަސޫރިޔާ ގެނެސް އިފުތިތާހުކޮށް ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށް ހަމެޖެއްސި "މޯލްޑިވްސް އިންޓަނޭޝަނަލް ބީޗް ގޭމްސް 2011" އަށް ސްޕޮންޝާ ހޯދަން ސަރުކާރުގެ ބަޖެޓުން ހަރަދު ކުރެވެން ނެތިގެން މުބާރާތް ފެށުން ފަސްކޮށްފި އެވެ.

ގޭމްސް ފަސް ކުރަން ނިންމީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ބުނެ، ސްޕޯޓްސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގޭމްސް ބާއްވަން ކުރަން ޖެހޭ ޚަރަދުގެ ބޮޑު ބައެއް ކުރަން ޖެހެނީ ބޭރުގެ އެކިއެކި ސްޕޮންސާޝިޕް ހޯދައިގެން ކަމަށްވީއިރު، އެކަންވެސް ކުރެވެން އޮތީ ސަރުކާރުގެ ބަޖެޓުން ފައިސާ ހަރަދުކޮށްގެން ކަމަށެވެ. އެހެން ކަމުން މިކަމަށް ވަރަށް ގިނަ ފައިސާ ހަރަދުވާ ކަމަށާއި މުބާރާތް ފަސްކުރަން ޖެހުނީ އެހާ ގިނަ ފައިސާ ސަރުކާރުގެ ބަޖެޓުން ކުރެވެން ނެތުމުން ކަމަށެވެ.

ގޭމްސް ބޭއްވުމަށްޓަކައި މިހާރު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ސްޕޮންސަޝިޕް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ވެސް މިނިސްޓަރީން ކުރަމުން ދާކަމަށް ވެސް ބުނެފައި ވެއެވެ.

"މި ވަގުތަކީ ސަރުކާރުގެ ބަޖެޓުން އެފަދަ ޚަރަދުކުރަން ވަރަށް ދަތި ދުވަސްވަރަކަށް ވުމުން އެއީ ގޭމްސް ފަސްކުރުމަށް ނިންމި އެންމެ ބޮޑު އެއް ސަބަބެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
ބީޗް ގޭމްސް ފަސްކުރި އިރު ގޭމްސްގެ ލޯންޗް ކުރުމަށާއި ގޭމްސްގެ މެސްކޮޓް އިފްތިތާހުކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ވަނީ ބާއްވައިފަ އެވެ. އެގޮތުން މިދޔަ ފެބްރުއަރީ މަހު ގޭމްސް ލޯންޗްކުރީ ސްރީ ލަންކާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ސަނަތު ޖަޔަސޫރިޔާ ގެނެސްގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު