އިނގިރޭސިވިލާތުގައި ދުވާލެއްގެ މައްޗަށް 1.4 މިލިއަން ދޮންކެޔޮ ވަށް އުކާލާ!

އިނގިރޭސިވިލާތުގައި ދުވާލެއްގެ މައްޗަށް ހަލާކުނުވާ 1.4 މިލިއަން ދޮންކެޔޮ ވަށް އުކާލާކަމަށް ތަފާސް ހިސާބަކުން ދައްކައިފި އެވެ. މިއީ ގާތްގަނޑަކަށް

އިނގިރޭސިވިލާތު ސަރުކާރުގެ ވޭސްޓް އެޑްވައިޒަރީ ބޮޑީ، ވުރެޕްގެ ހިސާބުތައް ހިމަނައިގެން އެގައުމުގެ ދެވަނަ އަށް އެންމެ ބޮޑު ސުޕަމާކެޓް ޗެއިން ސެއިންސްބަރީ ސުޕަމާކެޓުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ދޮންކެޔޮ ވަކެއްގެ ތޮށިގަނޑުގައި އެންމެ ލަފެއް ޖެހިފައި ހުރި ނަމަވެސް، އިނގިރޭސިވިލާތުގެ ތިން މީހަކުން އެކަކު އެ ދޮންކެޔޮ ވަށް އެއްލާލަ އެވެ.

އަދި ދޮންކެޔޮ ވަކުގެ ތޮށިގަނޑުގައި ފެހިކުލަ ހުރި ނަމަ އެ ދޮންކެޔޮވަށް ބޭނުން ނުކުރާ ކަމަށް ސެއިންސްބަރީ ސުޕަމާކެޓުން ވިޔަފާރިކުރާ ކޮންމެ 10 ކަސްޓަމަރަކުން އެކަކު އެއްބަސްވެފައިވެ އެވެ.

މިއީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 103 މިލިއަން އެމެރިކާ ޑޮލަރެވެ.

ސެއިންސްބަރީ ސުޕަމާކެޓުން ބުނީ، ކޮންމެވެސް ވަރަކަށް ހަލާކުވެ ނުވަތަ ފީވެފައި ހުންނަ ދޮންކެޔޮ ވަށް އެއްލާލުމުގެ ބަދަލުގައި އެ ކަހަލަ ކެޔޮ ވަށް ބޭނުންކޮށްގެން ޕާން ނުވަތަ ފޮނި ކާތަކެތި ހެދުމަށް އެ ސުޕަމާކެޓުން ހިތްވަރު ދެމުންދާ ކަމަށެވެ.

އެގޮތުން، މި ހަފްތާ އިން ފެށިގެން ސުޕަމާކެޓްގެ 500 އަށް ވުރެ ގިނަ އައުޓްލެޓްތަކުގައި "ބަނާނާ ރެސްކިއު"ގެ ނަމުގައި ފީވެ ހަލާކުވާން ކައިރިވެފައިވާ ދޮންކެޔޮ ވަށްތައް ވިއްކުމަށްޓަކާ ހާއްސަކޮށް ސްޓޭޝަންތަކެއް ހެދުމަށް ވަނީ ނިންމާފަ އެވެ.

އެ ސްޓޭޝަންތަކުން އެފަދަ ދޮންކެޔޮ ވަށް ބޭނުން ކޮށްގެން ސްމޫތީ ނުވަތަ ދޮންކެޔޮ ވަށް ބޭނުންކޮށްގެން ހެދޭނެ ވައްތަރުގެ ކާތަކެތި ހަދާނެ ގޮތްތައް ކިޔައިދޭނެ ކަމަށް ސެއިންސްބަރީ ސުޕަމާކެޓުން ބުނެ އެވެ.

comment ކޮމެންޓް