ފެނުގެ ޑިމާންޑް ބޮޑުވެ މުދާ އުފުލުމާ ބެހޭ ގަވައިދަށް އަމަލު ނުކުރެވި

ޕިކަޕަކުން ފިޔާ ގޯނި ތަކެއްބާލަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭގައި ފެނާއި ގޭސް ޑެލިވަރީ ކުރަން ވަކި ވަގުތުތަކެއް ކަނޑައެޅި ނަމަވެސް އެކަމަށް އަމަލު ނުކުރެވި ވަނީ ފެނުގެ ޑިމާންޑް ބޮޑުވުމުން ކަމަށް ޓުރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

އެއްގަމު އުޅަނދުގައި މުދާ ޑެލިވަރީ ކުރުމަށް ވަކިވަގުތެއް ކަނޑައެޅިފައިވީ ނަމަވެސް އެ އުސޫލަށް އަމަލުކުރުން ވަކި މުއްދަތެއް ނެތްގޮތަށް ވަނީ ފަސްކޮށްފަ އެވެ.

ޓުރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު މިއަދު ސަން އަށް ވިދާޅުވީ އެއުސޫލަށް އަމަލުކުރަން ފެށުމަށް ޓަކައި ގިނަ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި އެކަން ލަސްވަމުން އަންނަނީ ފެނުގެ ޑިމާންޑް ބޮޑުވުމުން ކަމަށެވެ.

"އެބޭފުޅުން ވިދާޅުވަނީ ފެނުގެ ޑިމާންޑް ވަރަށް ބޮޑުކަމަށް، ފެނުގެ ޑިމާންޑް ބޮޑުކަމުން އަދި ވަކި ގޮތެއް ނުނިންމިގެން މިއުޅެނީ،" މަހުދީ ވިދާޅުވި އެވެ.

އެ އޮތޯރިޓީ އިން ނިންމާފައިވާ އުސޫލް ބުނާ ގޮތުން ލޮރީ އާއި ޕިކަޕް ފަދަ އުޅަނދުތަކުގައި ފެނާއި ގޭހާއި މުދާ އުފުލޭނީ ހެނދުނު 9:00 އިން 10:00 އަށް އަދި މެންދުރު ފަހު 3:00 އިން 5:00 އަށް އަދި އިރުއޮއްސި 6:30 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު ހަޔަކަށެވެ. އެ ނޫން ގަޑިތަކުގައި އެފަދަ ތަކެތި އުފުލަމަކީ މަނާ ކަމެކެވެ.

މާލޭގެ މަގުތައް ތޮއްޖެހޭ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ފެން އުފުލާ ޕިކަޕުތައް ހިމެނެ އެވެ. ކިތަންމެ ވަރަކަށް މަގު ތޮއްޖެހިފައި އޮތަސް ބޭނުންވާ ވަރަށް ފެން ބޭލުމަށް ފަހު ނޫނީ އެޕިކަޕުތައް ދަތުރެއް ނުކުރާނެ އެވެ. ނަތީޖާއެއްގެ ގޮތުން މަގު ވަރަށް ބޮޑަށް ތޮއްޖެހި ޓުރެފިކަށް ބާރު ބޮޑުވެ އެވެ.

comment ކޮމެންޓް