އަންހެނުންގެ ވޯލްޑްކަޕް:
ބްރެޒިލް ރަށަށް އެމެރިކާ ސެމީއަށްޖަރުމަނުގައި ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕްގެ ސެމީފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ އެވެ. މުބާރާތުގެ ސެމީގެ ޖާތައް ލިބުނީ އެމެރިކާ އާއި ސްވިޑްންގެ އިތުރުން ޖަޕާނާއި ފަރަންސޭސީންނަށެވެ.

ސެމީގެ ފަހު ދެޖާގައަށް ވާދަ ކުރަން ރޭ ކުޅުނު ދެ މެޗުގެ ތެރެއިން ބްރެޒިލާ އެމެރިކާ ކުޅުނު މެޗުގައި 10 ކުޅުންތެރިންނާއިއެކު ހިތްވަރުކޮށް އެމެރިކާއިން ސެމީ ކަށަވަރު ކޮށް ބުރެޒިލް ރަށަށް ފޮނުވައިލީ ޕެނަލްޓީން ނަތީޖާ ނެރެ މޮޅުވެގެންނެވެ. ސެމީގެ އަނެއް ޖާގަ ސްވިޑުން ހޯދީން އޮސްޓްރޭލިޔާގެ މައްޗަށް ފަސޭހަ މޮޅެއް ލިބިގަނެގެނެވެ.

ބްރެޒިލްއާއި އެމެރިކާ ބައްދަލުކުރި މެޗް ފާހަގަވެގެންދިޔައީ ބަލައިލަން ހިތްގައިމު ވަރުގަދަ މެޗަކަށެވެ. މި މުބާރާތުގައި ކުޅުނު އެނެމެ ފޯރިގަދަ މެޗްތަކުގެ ތެރޭގައި މިމެޗް ހިމެނިފައިވެ އެވެ. މިމެޗް އެއްވަރުވުމުން ޕެނަލްޓީއާއި ހަމައަށް ގޮސްފައިވެސްވެ އެވެ.

ސްވިޑަން އާއި އޮސްޓްރޭލިޔާ ބައްދަލު ކުރިމެޗްގައި ސްވިޑަންއިންވަނީ މެޗްގެ ކުރީކޮޅުގައި ދެ ލަނޑު ކާމިޔާބުކޮށް ކޮންޓްރޯލް ހޯދައިފަ އެވެ. ހާފް ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް އޮސްޓްރޭކިޔާއިން ލަނޑެއް ކާމިޔާބުކޮށް އުންމީދު އާކުރިނަމަވެސް ދެވަނަ ހާފަށް ނުކުމެ ސްވިޑަންއިންވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މިމެޗުން ސްވިޑްން މޮޅުބީ 3-1 އިން ނެވެ.
މިމުބާރަތުގެ ސެމީ ފައިނަލަށް ދަތުރުކުރި ހުރިހާ ޓިމެއް ކަށަވަރުވުމުން ސެމީގެ ފުރަތަމަ ދެމެޗްގެ ކުޅެން ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އެ ދުވަހު ފްރާންސާއި އެމެރިކާ 21:00 ގައި ބައްދަލުކުރާއިރު ޖަޕާނާއި ސްވިޑަން ބައްދަލުކުރާނީ 23:45 ގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު