މަޓާޓޯއިން ކަސްޓަމަރ ސާވިސް އަދި ސޯޝަލް މީޑިއާ ވޯކްޝޮޕްތަކެއް ބާއްވައިފި

14 މެއި 2017: މަޓާޓޯއިން އިންތިޒާމުކޮޮށްގެން ކުރިޔަށް ގެންދިޔަ ޓްރެއިނިންގް ޕްރޮގްރާމް: ބޭރުން ތަޖުރިބާކާރުން ގެނެސްގެން ބޭއްވި މި ޕްރޮގްރާމުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސްރީލަންކާގެ ތަޖުރިބާކާރުންނާ އެކު، ރާއްޖޭގެ ޓްރެވަލް އޭޖެންސީއަށް ސޯޝަލް މީޑިއާއާއި ކަސްޓަމަރ ސާވިސްއާ ގުޅޭ ޚާއްސަ ވޯކްޝޮޕެއް މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބާއްވައިފިއެވެ.

މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް "ސަން"އަށް ވިދާޅުވި ގޮތުގައި، އިއްޔެއާއި މިއަދު ކުރިޔަށް ދިޔަ ޓްރެއިނިންގް ޕްރޮގްރާމަކީ ސްރީލަންކާގެ މެކްކުއަޔަރ ރެންސް އެންޑް ޖޯންސް ކިޔާ އިންސްޓިޓިއުޓަކާ ގުޅިގެން ކުރިޔަށް ދިޔަ ޕްރޮގްރާމެކެވެ.

މަޓާޓޯއިން އިންތިޒާމުކޮށްގެން ބާއްވާ ޓްރެއިނިންގްގައި ފެސިިލިޓޭޓުކޮށްދެއްވާ ރޯހަން ޖަޔަވީރައާ (ކ) އެކު، މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް (ވ) އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް (މ) ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ޕްރޮގްރާމުގައި އިއްޔެ ބޭއްވީ ޓެލެފޯން އެޓިކެޓް އަދި ކަސްޓަމަރ ސާވިސް ޓްރެއިނިންއެކެވެ. މިއަދު ކުރިޔަށް ގެންދިޔައީ ސޯޝަލް މީޑިއާ ޓްރެއިނިންގެކެވެ.

އަސްރާ ވިދާޅުވީ އިއްޔެއާ މިއަދާ ބޭއްވި ދެ ސެޝަނުގައި ޖުމްލަ 100 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ.

"ބައިވެރިންގެ ގޮތުގައި އުޅުނީ ހޮޓެލިއާސްއާ ރިސޯޓްތަކަކާއި ޓްރެވަލް އޭޖެންސީސްގެ ކުދިން. އޭގެ ތެރެއިން ޓްރެވަލް އޭޖެންސީތަކުން ފުދޭވަރަކަށް ގިނައިން ކުދިން އުޅުނު،" އަސްރާ ވިދާޅުވިއެވެ.

14 މެއި 2017: މަޓާޓޯއިން އިންތިޒާމުކޮޮށްގެން ކުރިޔަށް ގެންދިޔަ ޓްރެއިނިންގް ޕްރޮގްރާމް: ބޭރުން ތަޖުރިބާކާރުން ގެނެސްގެން ބޭއްވި މި ޕްރޮގްރާމުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ކުރިޔަށް ދިޔަ ސޯޝަލް މީޑިއާ ޓްރެއިނިންގްގައި ފެސިލިޓޭޓަރެއްގެ ގޮތުގައި ހުންނެވީ ސްރީލަންކާ، ރާއްޖެ އަދި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ގޫގްލްގައި މީގެ ކުރިން މަސައްކަތް ކުރެއްވީ ސްރީލަންކާގެ ބޭފުޅެއް ކަމުގައިވާ ރޯހަން ޖަޔަވީރައެވެ.

މަޓާޓޯއިން މައުލޫމާތުދޭ ގޮތުގައި، އެ ޖަމިއްޔާއިން ކޮންމެ އަހަރެއްގައިވެސް ދަނީ މިފަދަ ޓްރެއިނިންގް ޕްރޮގްރާމްތަކެއް ބާއްވަމުންނެވެ. އަދި މި ޓްރެއިނިންގްތަކަށް ޓްރެވަލް އިންޑަސްޓްރީގެ ފަރާތުން ދަނީ ބޮޑު ތަރުހީބެއް ވެސް ލިބެމުންނެވެ.

comment ކޮމެންޓް