ހަނީފްގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފް ---

ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފްގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަރަށް އިތުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ހަނީފްގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވާ ކަމަށެވެ.

ހަނީފް ހައްޔަރުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހަނީފްގެ މޮބައިލް ފޯނު ހިފަހައްޓައިފައެވެ.

ހަނީފަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އަރިސް ބޭފުޅެކެވެ. ދާދިފަހުން ސައުދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޓީމާ ގުޅިވަޑައިގެންފައެވެ.

ފަނޑިޔާރު ޝުޖާއު އާއި ހަނީފަކީ ވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

ހަނީފް ހައްޔަރުކުރުމާ ގުޅިގެން އެކަމާ ނުރުހުންފާޅުކޮށް ވިލިނގިލީގައި މިދިޔަ މަހުގެ ތެރޭގައި ވަނީ މުޒާހަރާއެއްވެސް ކޮށްފައެވެ.

comment ކޮމެންޓް