މިއަދު އުތުރުކޮރެޔާ އިން ތަޖްރިބާކުރީ ދެހާސް ކިލޯމީޓަރުގެ ރާސްތާގެ މިސައިލެއް: ޖަޕާން

ޓޯކިޔޯ (މޭ 14) : މިއަދު ހެދުނު އުތުރުކޮރެޔާ އިން ތަޖްރިބާކުރި މިސައިލަކީ ދެހާސް ކިލޯ މީޓަރުގެ ރާސްތާގެ މިސައިލެއްކަމަށް ޖަޕާނުން ބުނެފި އެވެ.

މިއަދު ހެނދުނު ދެއްވި ބަޔާނެއްގައި ޖަޕާނުގެ ދިފާއީ ވަޒީރާ ތުމޯމީ އިނާދާ ވިދާޅުވީ އުތުރުކޮރެޔާގެ ބެލަސްޓިކް މިސައިލަކީ އައު ބާވަތެއްގެ ދުރުރާސްތާގެ މިސައިލެއްކަމަށާއި އެމިސައިލް ޖަޕާނުގެ އައްސޭރި ފަށުން 400 ކިލޯ މީޓަރު ދުރަށް ޖަޕާންކަނޑަށް ވެއްޓިފައިވާ ކަމުގަ އެވެ. އުތުރުކޮރެޔާ އިން މިއަދު ހެނދުނު އިތުރުބެލަސްޓިކް މިސައިލެއް ތަޖްރިބާކުރިކަން ދެކުނު ކޮރެޔާއާއި އެމެރިކާ ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިތަޖްރިބާ ކާމިޔާބުކަން ނުވަތަ ނޫންކަން ހާމަވެފައެއް ނުވެ އެވެ. އުތުރުކޮރެޔާގެ މިސައިލްތައް ތަޖްރިބާކުރާއިރު އަމާޒުކޮށްފައި ވަނީ ޖައްވަށެވެ. ބިމުގެ އެއްތަނުން އަނެއްތަނަކަށް ނޫނެވެ. އެހެންކަމުން ޖައްވުން އޭގެ ރާސްތާއަށްދިޔުމަށް ފަހު ބިމުން މާދުރަށް ނުގޮސްވެއްޓެނީކަމަށް ރިޕޯޓްތައް ބުނެ އެވެ.

އުތުރުކޮރެޔާ އިން ބެލަސްޓިކް މިސައިލެއް ތަޖްރިބާކޮށްފައިމިވަނީ އެގައުމާ އެކު ސުލްހައިގެ ވާހަކަތައް ދައްކަން ތައްޔާރަށް ހުންނެވިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ. ޓްރަމްޕްވިދާޅުވީ ސުލްހައިގެ ވާހަކަތައް ދެއްކޭ ފަދަ މާހައުލެއް ގާއިމްވެއްޖެ ނަމަ އުތުރުކޮރެޔާގެ ޒައީމް ކިމްޖޮންގް އުން އާ ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވިކަމުގަ އެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަ ދެއްކެވީ އުތުރުކޮރެޔާއަށް ހަނގުރާމައިގެ ބިރުތަކެއް ދެއްކެވުމުން އެމެރިކާއަށް ނިއުކްލިޔާ ހަތިޔާރުން ހަމަލާދޭންޖެހިދާނެ ކަމުގެ ބިރު އުތުރުކޮރެޔާ އިން އެމެރިކާއަށް ދެއްކުމުންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު